ޚަބަރު

ސައީދުގެ ސުވާލެއް:ރައީސް ސޯލިހުއަށް ވެރިކަމާއި ދައުލަތުގެ ބާރުތައް ޖަމާކޮށްދިނީ ކުރީ ސަރުކާރޭ ކިޔަންތޯ؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމާއި ދައުލަތުގެ ހުރިހާ ބާރެއް ދިނީ ކުރީ ސަރުކާރޭ ކިޔަންތޯ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުތަކުން މިފްކޯ ތަރައްގީ ކުރިނަމަ، އުތުރުގެ މަސްވެރިންގެ ޝަކުވާތައް މިއަދު ނުހުންނާނެ ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވުމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ 1953 ގައި ސަރުކާރުން މަސް ދަޅުގައި ބަންދު  ކުރަންފެށި ނަމަ މިފްކޯ ވެސް އުފައްދާކަށް ނުޖެހުނީސް ކަމަށެވެ.އަދި ރައީސް ސޯލިހަށް ވެރިކަމާއި ދައުލަތުގެ ބާރުތައް ޖަމާ ކޮށްދިނީ ކުރީ ސަރުކާރޭ ކިޔަންތޯ ސައީދު ސުވާލު ކުރެއްވިއެވެ.

މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައި ދިނުމަށް ގޮވާލާ މަސްވެރިންތަކެއް އިއްޔެ ވަނީ ފެލިވަރުގައި އިހުތިޖާޖުކޮށްފައެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ގޮވާލަމުން އިހުތިޖާޖު ކުރި މަސްވެރިން ބުނަމުން ދިޔައީ އެމީހުން އެދެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރުމަށް ކަމަށެވެ.

މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް މަސްވެރިން ވަނީ ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!