ޚަބަރު

މޭޔަރު ޝިފާގެ މައްސަލަ ދެން ޕީޖީއަށް ފޮނުވާނެ ކަމަށް ޤަބޫލެއް ނުކުރަން: އަދުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނބުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭސީސީން ޝިފާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން "ލޮނުޒިޔާރަތް ޕާކު" ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ޝިފާގެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލީ ސަރުކާރުގެ ނުފޫޒުން ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި އެހެންކަމުން ދެން އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

"މިނިވަން މުއައްސަސާތަކަށް ލިބިގެން މިއުޅެނީ އެމްޑީޕީން ބޭނުންވާ މިނިވަންކަން. ރައްޔިތުން ބޭނުންވާ މިނިވަންކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ނުފޫޒުގެ ދަށަށް މިނިވަން މުއައްސަސާތައް ދިޔުން އެއީ އެމްޑީޕީން މާނަކުރާ މިނިވަންކަމަކީ،" އަދުރޭ ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!