ޕުޓިންގެ ދަރިކަނބަލުންގެ ކޮމްޕެނީން ޓިކްޓޮކަށް ގޮންޖަހާ އެޕްލިކޭޝަންއެއް ނެރެނީ

ޓިކްޓޮކްއަކީ ގިނަ ބައެއްގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ހޯދި އެޕްލިކޭޝަނެކެވެ. ނަމަވެސް ޗައިނާ ސަރުކާރުން ޓިކްޓޮކް އެޕްލިކޭޝަން ޖާސޫސް ކުރުމަށް ބޭނުން ކުރާ ކަމަށް ބުނެ ގިނަ މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެފައި ވެއެވެ.
ގިނަ ގައުމުތަކަކުން ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރަމުން އަންނަ ދަނޑިވަޅެއްގައި ރަޝިއާއިން އަންނަނީ ޓިކްޓޮކް ފަދަ އެޕްލިކޭޝަންއެއް ނެރުމަށް ތައްޔާރުވަމުންނެވެ.
ރަޝިއާގެ ރައީސް ޕުޓިންގެ ދަރިކަނބަލުން ކެޓްރީނާ ޓިޚޮނޯވާގެ އެސޯސިއޭޝަނާ ގުޅިގެން ރަޝިއާގެ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކުން ނެރޭ މި އެޕްލިކޭޝަން ޓިކްޓޮކަށް ގޮންޖަހާލާނެ ކަމަށް ރިޕޯޓުތައް ބުނެއެެވެ.
އަދި މި އެޕްލިކޭޝަނުން ވެސް ޓިކްޓޮކް ފަދަ ކުރު ވީޑިއޯތައް އަޕްލޯޑު ކުރުމުގެ އިތުރުން އިތުރު ގިނަ ފީޗާ ތަކެއް ވެސް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.