ޚަބަރު

މަސްވެރިއަކަށް މަހަކު 22000 ރުފިޔާ ލިބޭ: މިނިސްޓަރު ޒަހާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިފްކޯއިން މަސް ގަންނަ އަގަށް ބަލާނަމަ މަސްވެރިއަކަށް މަހަކު ގާތްގަނޑަކަށް 22000 ރުފިޔާ ލިބޭ ކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ “ރާއްޖެޓީވީ” އަށް ދިން އިންޓަވިއުއެއްގައެވެ.

ކަޅު ބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގަކަށް ކުރިން އޮތީ އަށް ރުފިޔާ ނަމަވެސް މި ސަރުކާރުން އެ އަދަދު 13 އަށް މަތިކުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް ޖެހެނީ 11،500 ރުފިޔާ ކަމަށެވެ.

އަދި މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅަން ޖެހުނީ މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންނަށް ވެސް ގެއްލުންނުވެ އިތުރު ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސް ގަންނަ އެހެން ކުންފުނިތަކާއި އަޅާ ބަލާއިރު މިފްކޯ އިން މަސް ގަންނަމުން އަންނަ އަގު ރަނގަޅު ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ތެލާއި އައިސްގެ އަގުތަކަށް ވެސް މިފްކޯ އިން ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

Ads by Allied Insurance
  1. ޒަހާ

    މިމީހާ ހަމަތޯ ބަލަން ބަލަން ޖެހޭ ދޯ…