ޚަބަރު

"ވިސްނާ" ޖަލްސާ އާ ގުޅިގެން އިދިކޮޅު ލީޑަޝިޕް ފުލުހަށް ހާޒިރު ކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން. ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބާއްވަން ނިންމާފައިވާ "ވިސްނާ" ޖަލްސާއާ ގުޅިގެން އެ ކޯލިޝަންގެ ލީޑަޝިޕް ބޭފުޅުން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

Ads by Sosun Fihaara

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ލީޑަޝިޕް ބޭފުޅުން މިއަދު ހަވީރު 3:00 ގައި ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަނީ އަންނަ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައެވެ. "ވިސްނާ" ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހުއްދައަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ސިޓީ އެއް ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ޖަލްސާ ބޭއްވުމަށް ހުއްދަ ދިން ކަމެއް ސާފެއް ނޫނެވެެ.

އިދިކޮޅުން 3 ޖަހާއިރު ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، މިއަދު 4 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް އިދިކޮޅުން ވަނީ ތާވަލު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!