ޚަބަރު

މާލެއިން ބަނގުރަލާއި، ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބަނގުރާ ފުޅިތަކަކާއި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހޯދައި މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Hajj Corporation

ފުލުހުން ބުނީ އެމީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން މި މަހުގެ 22 އަދި 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކޮށް ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް ހުރި 13 ފުޅިއާއި 173 ބިޔަރު ދަޅު ހޯދާފައިވާ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ދެވަނަ އޮޕަރޭޝަނުގައި ރޭ 21:00 އެހާކަންހާއިރު، މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ޓެކްސީގެ ޑިކީގެ ތެރެއިން ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް ހުރި 12 ފުޅި ފެނިފައިވާ ކަމަށާއި އެ މައްސަލަ އާ ގުޅިގެން 27 އަހަރުގެ ބިދޭސީއެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!