ޚަބަރު

އެމެރިކާގެ އިންތިޚާބު ވެސް ބޭއްވިއްޖެ، އިންތިޚާބު ލަސްކުރުން ބަލައެއް ނުގަންނަން: އަލްހާން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިޚާބު ވެސް ބޭއްވި ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރުން ބަލައި ނުގަންނަ ކަމަށް މާލެސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ، އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by MWSC

އަލްހާން މިފަދައިން ވިދާޅުވެފައި ވަނީ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އިންތިޚާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު އަލްޙާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބު މުއްދަތެއް ނެތި ލަސް ކުރުމަކީ ޤާނޫނީ ނިޒާމު މުގުރާލުން ކަމުގައި ދެކޭ ކަމަށެވެ.

ބައެއް މީޑިޔާތަކަށް މިއަދު މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އިންތިހާބު ނުބާއްވަން އެ ކޮމިޝަނުން އަދި ނިންމާފައިނުވާ ކަމަށާއި އެގޮތުން މާޗް މަހުގެ ހައެއް ނުވަތަ 13 ވަނަ ދުވަހު އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އަޅުގަނޑުމެންނަކަށް އިންތިހާބު ނުބޭއްވޭނެ" ޝަރީފް ވިދާޅުވިއެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ދޭތެރޭ ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އެޗްޕީއޭގެ ބޭފުޅުން ވެސް ދަންނަވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!