ޚަބަރު

އިދިކޮޅުން ކާނިވަލުގައި ޖަލްސާ ބާއްވަން ހުއްދަ ދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު، "ވިސްނާ" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

Ads by Hajj Corporation

އިދިކޮޅު ކޯލިޝަނުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކާނިވަލުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައިވާ ކަމަށެވެ.

އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައެވެ.

ޝުޖާއި ވަނީ ވީހާވެސް ގިނަ ރައްޔިތުން ޖަލްސާއަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި މިޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕެއިން ކުރުމުގެ ގޮތުންނާއި ޤައުމަށް ދިމާވެފައިވާ މައްސަލަތަކަށް އަޑު އުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ވިސްނާގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ އެ ޖަލްސާގައި ސަޕްރައިޒިން ކަންތައްތަކެއް ވެސް ފެންނާނެ ކަމަށާއި އެގޮތުން ޖަލްސާ ކުރިއަށްދާނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއް ކަމަށްވާ ގައިދުރުކަން އިސްކޮށްގެން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!