ޚަބަރު

މިނިސްޓަރު ޒަހާއަށް ޓޮމް: ރަށު ތެރެއިން އެހެން ކަމަކާ އުޅުން ރަނގަޅުވާނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިނިސްޓަރު ޒަހާ ދެން ރަނގަޅު ވާނީ ރަށުތެރެއިން އެހެން ކަމަކާ އުޅުނިއްޔާކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ޒަހާ “ރާއްޖެ ޓީވީ” ގެ ޕްރޮގްރާމެއްގައި މަސްވެރިންނަށް މަހަކު 22000 ރުފިޔާ ލިބޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެން ތޯރިގް ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިން ތަހައްމަލް ކުރަމުންދާ ދަތިދުވަސްތަކަށް ހައްލެއް ހޯދައި ނުދެވުނުއިރު، ދެން ރަނގަޅު ވާނީ މަސްވެރިންނޭ ކިޔައިގެން އިތުރަށް ވާހަކަ ނުދެއްކެވުން ކަމަށެވެ.

“މަސްވެރިންނަށް ކުޑައިމީސްކޮށް ވާހަކަ ދައްކަން މިނިސްޓަރު ނުކުންނަ ހިސާބުން ދެން މަސްވެރިންނަށް ތިވަރުން ފުދިއްޖެ. މަސްވެރިން ޝަކުވާ ކުރަނީ ސަބަބު ތަކެއް އޮވެގެން. ހައްލުކުރާނަމޭ ބުނެގެން ރައްޔިތުން ވޯޓު ދިނީ. މައްސަލަތައް ހައްލުނުވާނަމަ ދެން ރައްޔިތުން އެހެން ގޮތެއް ނިންމާނެ. މިނިސްޓަރު ދެން ރަނގަޅުވާނީ ރަށުތެރެއިން އެހެން ކަމަކާ އުޅުނިއްޔާ." މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ރާއްޖެޓީވީ” އަށް ދިން އިންޓަވިއުގައި ކަޅު ބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގަކަށް ކުރިން އޮތީ އަށް ރުފިޔާ ނަމަވެސް މި ސަރުކާރުން އެ އަދަދު 13 އަށް މަތިކުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް ޖެހެނީ 11،500 ރުފިޔާ ކަމަށެވެ.

އަދި މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅަން ޖެހުނީ މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންނަށް ވެސް ގެއްލުންނުވެ އިތުރު ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސް ގަންނަ އެހެން ކުންފުނިތަކާ އަޅާ ބަލާއިރު މިފްކޯ އިން މަސް ގަންނަމުން އަންނަ އަގު ރަނގަޅު ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ތެލާއި އައިސްގެ އަގުތަކަށް ވެސް މިފްކޯ އިން ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!