ކުޅިވަރު

މަންތިރި ބަލިކޮށް އެފްޑީއެސް ވޮލީބޯޅަ މުބާރާތުގެ ތަށި ގާފިލާއިން އުފުލާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފ.ފީއަލީ ޖަމިއްޔާއެއް ކަމަށްވާ، ފީއަލީ ޑިވަލޮޕްމަންޓް ސޮސައިޓީ އިން އިންތިޒާމް ކޮށްގެން ބޭއްވި އެފްޑީއެސް ސްޕޯރޓްސް ފެސްޓިވަލްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގާފިލާއިން ހޯދައިފިއެވެ.

Ads by Hajj Corporation

ގާފިލާއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މަންތިރިއާ ބައްދަލުކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއަަދުގެ މެޗުގައި ގާފިލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު ގާފިލާއިން ކާމިޔާބު ކުރީ 25-14 އިންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބު ކުރީ 25-12 އިންނެވެ. އަދި ތިންވަނަ ސެޓު ކާމިޔާބު ކުރީ 25-12 އިންނެވެ.

މި މުބާރާތުގައި 7 ކުޅުންތެރިން ހިމެނޭ ގޮތަށް ޑްރީމް ޓީމެއް ވެސް ވަނީ ހޮވާފައެވެ.

  • ޝާނިހާ / އެކްސްޓްރީމް
  • އިބާ / ގާފިލާ
  • ރިޝްފާ / ހަވަރު
  • ރަނާ / ހަވަރު
  • ރިޝްމާ / މަންތިރި
  • އާރިފާ / ހަވަރު

މީގެ އިތުރުން މުބާރާތުގެ އެެންމެ މޮޅު ލިބަރޯ އަކަށް ހޮވިފައިވަނީ ހަވަރުގެ ރީޝަމްއެވެ. އަދި މި މުބާރާތުގެ 19 އަަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ގާފިލާ ޓީމުގެ އިބާއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ގާފިލާ ޓީމުގެ ނަޝްވާނެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލް ކޮށްފައި ވަނީ ވެސް ގާފިލާ ޓީމުގެ އިބާއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރޮކޮށްދެއްވި ފަރާތްތަކަށް ޖަމިއްޔާގެ ހަތަރު ޓީމުގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށް ޖަމިއްޔާގެ މެންބަރު ޝައިޙާން ބުންޏެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!