ޚަބަރު

ރައީސް ޔާމީން އާ ރައީސް ސޯލިހްގެ ސަރުކާރުގެ ތަފާތު ބޮޑު: މަހްލޫފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތަފާތު ބޮޑުކަމަށް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވެފައި ވަނީ އަންނަ ހޮނިހިރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވާ “ވިސްނާ” ޖަލްސާ އާ ގުޅިގެންނެވެ.

އެގޮތުން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރުގެ މާޗު މަހު އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް ބާއްވަން ހުއްދަ ދިނުމަށްފަހު ދެން ހުއްދަ އެއް ދީފައިވަނީ އޭގެ ތިން އަހަރު ފަހުން ރައީސް ސޯލިހުގެ ކެމްޕެއިނު ޖަލްސާ ބާއްވަން ކަމަށެެވެ.

އަދި މިއަދު ރައީސް ސޯލިހުގެ ސަރުކާރާއެކު އެކަން ކަން ބަދަލުވެފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

2015 ވަނަ އަހަރު ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެވެ.

އިދިކޮޅަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައި ވަނީ މިއަދުއެވެ.

އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައެވެ.

މިޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕެއިން ކުރުމުގެ ގޮތުންނާއި ޤައުމަށް ދިމާވެފައިވާ މައްސަލަތަކަށް އަޑު އުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ މިއަދު ވިދާޅުވެފައެވެ.

"ވިސްނާ"ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ އެ ޖަލްސާގައި ސަޕްރައިޒިން ކަންތައްތަކެއް ވެސް ފެންނާނެ ކަމަށާއި އެގޮތުން ޖަލްސާ ކުރިއަށްދާނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއް ކަމަށްވާ ގައިދުރުކަން އިސްކޮށްގެން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Ads by Ooredoo
  1. އައި

    ޖަލްސާ ބޭއްވީމަ ކޮންމެ ވެސް އެއްޗެކޭ ކިޔާ ފަ ޖޫރިމަނާ ކުރަން ބާ؟؟؟؟