ޚަބަރު

ކުރިއަށް އޮތް ދެ ދުވަހު ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނާނެ : އެމްއޭސީއެލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑިސެމްބަރު 26 އަދި 27 ވަަނަ ދުވަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ވެލާނާ އެއާޕޯޓް ހިންގަމުންދާ އެމްއޭސީއެލް އިން ބުނެފިއެވެ.

Ads by STELCO

އެމްއޭސީއެލް އިން މިހެން ބުނެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. މާދަމާ އާއި އޭގެ އަނެއް ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް އެ ޓްވީޓްގައި ވެއެވެ. މިއާއެކު އެމްއޭސީއެލްގެ ޓީމުން އޮޕަރޭޝަނަލްގައި ހަރަކާތްތެރިވުމަށް ތައްޔާރަށް ތިބި ކަމަށް އެ ޓްވީޓްގައި ވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަސްލައްކަ ސާޅީސް ފަސްހާސް ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުން ކަމަށެވެ. އަދި އެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ޖުލައި މަހު ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ މިންވަރުން އަހަރުު ނިމެންވާއިރަށް ޓޫރިޒަމްގެ ޓާގެޓަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!