ޚަބަރު

ރައީސް ނަޝީދަކީ އިސްލާމްދީން ފުރިހަމައަށް ޤަބޫލުކުރާ ބޭފުޅެއް: މެންބަރު އާޒިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ އިސްލާމްދީން ފުރިހަމައަށް ގަބޫލުކުރާ ބޭފުޅެއް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާޒިމް މިހެން ވިދާޅުވެފައި ވަނީ ނަޞާރާއިން މިއަދު ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ހެޔޮ އެދުންތައް ރައީސް ނަޝީދު ފޮނުވުމާއި ގުޅިގެން އުފެދިފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ޓެގް ކުރައްވާ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ. އިޔާޒް ހެއްދެވީ ގޯހެއް ކަމަށާއި ރައީސް ނަޝީދަކީ ފުރިހަމައަށް އިސްލާމްދީން ގަބޫލުކޮށް އެ ދީނުގައި އުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި ދީނުގެ އަދުއްވުން ކަނޑައެޅުން އޮންނަނީ ގާނޫނުން ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.

"ޑރ. އިޔާޒް ތި ދީނީ އެއްބައިވަންތަކަމާ ޚިލާފުވެ ލައްވަނީ" އާޒިމް ވިދާޅުވެފައިވެއެވެ.

އަލީ އާޒިމް މިފަދައިން ޓްވީޓު ކުރައްވާފައި ވަނީ، ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ޝައިޚު ޑރ.މުހައްމަދު އިޔާޒު ސިފަ ކުރައްވާފައިވުމާ ގުޅިގެންނެވެ.

އެގޮތުން ރައީސް ނަޝީދު ނަޞާރާއިންގެ ދީނުގެ މީހުން ފާހަގަ ކުރާ މިދުވަހުގެ ތަހުނިޔާ ފޮނުވުމުން ޑރ. އިޔާޒް ވިދާޅުވެފައި ވަނީ މީގެކުރިން ވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެ ކަމަށް ބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫ ޖަހާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔުމުން ދޭހަ ވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުން ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!