ޚަބަރު

ރާއްޖެއިން ކޮވިޑް-19 ޖެހުނު 95 އިންސައްތަ މީހުން ބަލިން ވަނީ ރަނގަޅުވެފައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖެއިން މިހާތަނަށް 13,644 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، މީގެ ތެރެއިން 13,072 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 95.81 އިންސައްތައެވެ.

Ads by Hajj Corporation

ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 516 މީހެކެވެ. އަދި މީގެ ތެރެއިން 33 މީހަކު ހަސްފަތާލު ކުރެވިގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން 48 މީހަކު ނިޔާވެފައިވާއިރު، އެއީ ބަލި ޖެހުނު މީހުންގެ 0.35 އިންސައްތަކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ ގިނަ މީހުން މިވަގުތު ތިބީ ފުރަރަށް މާލޭގައެވެ. މިގޮތުން މާލެއިން 380 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އަދި އަތޮޅު ތެރޭން 37 މީހަކަށް، ރިސޯޓްތަކުން 37 މީހަކަށް ކޮވިޑްވަނީ ޖެހިފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. މިގޮތުން 9,363 ފިރިހެނަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އެއީ ބަލި ޖެހުނު މީހުންގެ 68.62 އިންސައްތައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!