ބޮލީވުޑް މުނިފޫހިފިލުވުން

ރެމޯގެ އަންހެނުން އެންމެ ބޭނުންވި ވަގުތު ގާތުގައި ހުރީ ސަލްމާން ޚާން

ދެން އެމްވީ ، ދެން އޮންލައިން

ނޫސްތަކުގެ ފަލަ ސުރުހީތަކުން މީގެ ދެ ހަފްތާ ވަރު ކުރިން ޖާގަ ހޯދީ އިންޑިއާގެ މަޝްހޫރު ކޮރިއޮގްރަފަރ، ޑާންސަރ އަދި ޑައިރެކްޓަރ ރެމޯ ޑި ސޫޒާއަށް ހާޓް އެޓޭކެއް ޖެހި ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ހަބަރެވެ.

Ads by STELCO

މި އުނދަގޫ ހާލަތުގައި ރެމޯގެ އަންހެނުން ލިޒެލްއަށް އެންމެ ބޮޑު އެހީތެރިކަމެއްވެ ހިތްވަރުދީ ގާތުގައި ހުރީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ކަމަށް ލިޒެލް އޭނާގެ އިންސްޓަގްރާމްގައި ހާމަ ކޮށްފިއެވެ. އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވަނީ ހިތުގެ އެންމެ ފުންމިނުން ވެދިން އެހީތެރިކަމަށް ސަލްމާން ޚާނަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފައެވެ. އަދި ސަލްމާން ޚާން އަކީ "އޭންޖެލް" އެއް ކަމަށް ވެސް އޭނާ ވަނީ ސިފަކޮށްފައެވެ. އަދި އަބަދުވެސް ހިތްވަރު ދިނުމުގައި ގާތުގައި ހުރެދިނީތީ އޭނާ ވަނީ ސަލްމާނަށް ޝުކުރު އަދާކޮށްފައެވެ. ހަމައެހެންމެ އޭނާ ސަލްމާން ސިފަ ކޮށްފައި ވަނީ ގާތް އަޚެއްގެ ގޮތުގައެވެ.

ލިޒެލްގެ މި ޕޯސްޓުގައި އޭނާ ވަނީ މިހާރު ފަރުވާ ހޯދައި ގެއަށް ބަދަލު ކޮށްފައިވާ ރެމޯއަށް ވެސް ހާއްސަ ލިޔުން ކޮޅެއް ހާއްސަ ކޮށްފައެެވެ. އެގޮތުން އޭނާ ބުނެފައިވަނީ ގިނަ ދުވަސްތަކަކަށްފަހު ރެމޯގެ ގައިގައި ބައްދާލާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބުނީތީ އުފާ ކުރާ ކަމަށެވެ. އަދި ރެމޯ ދެކޭ ގޮތުގައި އޭނާ އަކީ ހިތްވަރުގަދަ އަންހެނަކަށް ވީ ނަމަވެސް ރެމޯގެ ހާޓް އެޓޭކާ ގުޅިގެން އޭނާ ކުޑަކުއްޖެއްގެ ހާލަތަށް ދިޔަ ކަމަށެވެ. ނަމަވެސް އޭނާ ހިތްވަރު ލިބިގަތީ ރެމޯ އޭނާއަށް ވެފައިވާ ވައުުދުގެ ސަބަބުން ކަމަށާއި އެ ވައުދަކީ ހިތްވަރާއެކު ބަލިން ސަލާމަތްވުމަށް މަސައްކަތް ކޮށް އެނބުރި އަންނާނެ ކަމަށެވެ. އަދި އޭނާ ރެމޯ ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި އެކަން އިތުރަށް ސާބިތު ކޮށްދޭން ނޭދުމަށް ވެސް ލިޒެލް ވަނީ އެދިފައެވެ.

ރެމޯ ހޮސްޕިޓަލުން ދޫކޮށްލަންދެން އޭނާގެ ގާތުގައި ހުރި އެކުވެރި ނެށުންތެރިޔާ ސަލްމާން ޔޫސުފް ޚާނަށް ވެސް ލިޒެލް ވަނީ ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

Ads by HDC
  1. ކިޔާ

    ސާބަސް ފޮޓޯއިނ ފެންނަ ސަލްމާން ޚާންގެ ވާހަކައެއްނޫން އިންސްޓަގުރާމްގ އޮތީކީ

    • ޢަލީ

      ދެ ސަލްމާން ގެ ވާހަކަ ވެސް އެބައޮތް އިންސްޓަގްރާމް ޕޯސްޓްގައި.. ރަނގަޅަށް ބަލާފައި ވާހަކަ ދައްކަބަލަ…

  2. ޙަލީލް

    ފޮޓޮއިން ސަލްމާން ޚާންފެނިފަ ނަން ސަލްމާން ޔޫސުފް ޚާން ވާނުވާގަ ނޫސްވެރިންވެސް