ޚަބަރު

"އަޅުގަނޑަކީ ކޮށްދޭ ކަންތައްތަކާއި، އަދި ކުރެވޭކަންކަމުގެ ވާހަކަ އަަމިއްލައަށް ދައްކައި ހަދަން ބޭނުންވާ މީހެއް ނޫން"

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ޞާލިހަކީ ކޮށްދޭ ކަންތައްތަކާއި، އަދި ކުރެވޭ ކަންކަމުގެ ވާހަކަ އަމިއްލައަށް ދައްކައި ހަދަން ބޭނުންވާ މީހެއް ނޫން ކަމަށާއި އަދި އެވާހަކަ ދެއްކުމަކީ އެއްވެސް އިރެއްގައި ކުރަން ޝައުގުވެރިކަން ހުންނަ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހާއްސަ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ކޮށްދޭ ކަންތައްތަކާއި، އަދި ކުރެވޭ ކަންކަމުގެ ވާހަކަ އަަމިއްލައަށް ދައްކައި ހަދަން ބޭނުންވާ މީހެއް ނޫން ކަމަށެވެ.

މި ފުރުސަތުގައި އާންމު ފަރާތަކުން ކުރެއްވި ސުވާލަކީ ރައީސް ޞާލިހަކީ އެހެން ސިޔާސީ މީހުންނާއި، އަޅާބަލާއިރު ބަސް މަދު މީހަކަށް ވަނީ މިޒާޖުގައި ވެސް އެކަން ހުންނަ ގޮތްތޯއެވެ. މި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ވެސް އަދި އެނޫން ގޮތްގޮތުން ވެސް މަސައްކަތް ކުރައްވާއިރު، ކޮށްދެއްވާ ކަންކަމުގެ ވާހަކަ ދެއްކެވުމަކީ ޝައުގު ވެރިކަން ހުންނަ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ މިޒާޖުގައި ވެސް އަޅުގަނޑަކީ ބަސްމަދު މީހެއް. އެހެން ނޫނަސް އަޅުގަނޑަކީ އަޅުގަނޑު ކޮށްދޭ ކަންތައްތަކާއި، އަދި ކުރެވޭކަންކަމުގެ ވާހަކަ އަަމިއްލައަށް ދައްކައި ހަދަން ބޭނުންވާ މީހެއް ނޫން. އަޅުގަނޑުބަލަނީ ކަންކަން ކޮށްދެވޭތޯ" ރައީސް ޞާލިހް ޖަވާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ މިޒާޖުގައި ވެސް ބަސް މަދު މީހެއް ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވަނީ ވެސް އަދި އަމާޒަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައި، ކަންކަން ހާސިލް ކުރުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!