ޕީޕީއެމްގެ ވެރިކަމެއްގައި ފިޝަރީސް މިނިސްޓަރަށް ފިނިކޮޓަރީގައި ނީނދެވޭނެ: ޝުޖާއު

ދެން އުފެދެން އޮތް ޕީޕީއެމް ވެރިކަމެއްގައި ފިޝަރީޒް މިނިސްޓަރުކަން ކުރައްވާ މިނިސްޓަރަކަށް، އަބަދު ފިނިކޮޓަރީގައި ނީނދެވޭނެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައި އޮތް ދުވަސްވަރެއްގައި ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ފިޝަރީޒް މިނިސްޓަރަކަށް ހަަމައެކަނި މިނިސްޓަރުގެ ކޮޓަރިފުޅުގައި ނީނދެވޭނެ ކަމަށެވެ.
އަދި އަމަލީ ގޮތުން މަސްވެރިންނާއެކު، އެ މިނިސްޓަރު ހަރަކާތްތެރިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
“ މަސްވެރިންނާއެކު ވަޒީރު މަސްވެރިންގެ އިހުސާސްތައް ދެނެގަނެ ހައްލު ހޯދުމަށް ދޯނި ފަހަރުގައި އުޅޭނެ. މަސްވެރިކަން އުފާ ފާގަތިކަން ހޯދައިދޭނީ ޕީޕީއެމް އިން” ޝުޖާއު ވިދާޅުވިއެވެ.