ދުނިޔެ

ކްރޮއޭޝިއާއަށް 6.3 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކްރޮއޭޝިއާއަށް 6.3 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

Ads by Sosun Fihaara

އަލްޖަޒީރާއިން ބުނެފައި ވަނީ ކްރޮއޭޝިއާއަށް އައި މި ބިންހެލުމާ ގުޅިގެން، ބައެއް ތަންތަނަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މި ބިންހެލުމާ ގުޅިގެން ބައެއް ފަރާތްތަކަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ބުނެފައިވެއެވެ.

މި ބިންހެލުން އައިސްފައިވަނީ ކްރޮއޭޝިއާގެ ވެރިކަން ކުރާ ސިޓީ ކަމުގައިވާ ޒެގްރެބްއާ 17 މޭލު ދުރުން ކަމުން، އެ ސިޓީއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސެއިސްމޮލޮޖިކަލް ރިޕޯޓްތަކުން ދައްކައެވެ.

މި ހާދިސާއާއި ގުޅިގެން އެ ސިޓީގެ ޕެޓްރިންޖާ ނަމަކަށް ކިޔާ ޓައުނަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވުމުގެ ސަބަބުން ކްރޮއޭޝިއާ ރެޑްކްރޮސް ގެ މީހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!