ޚަބަރު

މުއިއްޒު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހާލުކޮޅު ދެރަވެ، ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕިއެމްގެ ނައިބު ރައީސް މުހައްމަދު މުއިއްޒު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.

Ads by STELCO

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މުއިއްޒުގެ ބަލިހާލުކޮޅު ދެރަވެ، އައިޖީއެމްހޮސްޕިޓަލުގައި އެޑްމިޓު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.އަދި މުއިއްޒުގެ އިތުރު ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށާއި މިހާރު މުއިއްޒުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އިތުރު ތަފްސީލެއް ހީނާ ދެއްވާފައެއް ނުވެއެވެ.

މުއިއްޒު އަކީ ކުރިއަށް ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓެވެ.

  1. އަލީ

    އަވަސް ސިފާއަކަށް އެދެން ޢާމީން