އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކިކަން އަންގައިދޭން އާ އިސްޓިކާއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތައާރަފު ކޮށްފިއެވެ.
މި އައު ސްޓިކާއާއެކު، އޮންލައިން ކޮށް ފައިސާ ދެއްކުމާއެކު ސްޓިކާ ވެސް އޮންލައިން ކޮށް ލިބިގެންދާނެއެވެ.
އެކެއް ޖެނުއަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކާ ދޫކުރާނީ އީމެއިލް މެދުވެރިކޮށް، އަމިއްލައަށް ޕްރިންޓް ކުރެވޭނެ ގޮތަށް ކަމަށް ވެސް މީރާއިން ބުނެއެވެ.
އޮންލައިންގެ ބަދަލުގައި ކައުންޓަރުތަކަށް ފީ ދައްކާ ފަރާތްތަކަށް ވެސް އާ އަހަރު، 2021 ގެ ފުރަތަމަ ދުވަހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު އާ އިސްޓިކާ ދޫކުރާނެ އެވެ.
ނަމަވެސް، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުން ކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރާނެ ކަމަށްވެސް މީރާ އިން ވަނީ ބުނެފައެވެ.