ޚަބަރު

އަންނަ އަހަރު ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2021 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފިއެވެ.

Ads by Hajj Corporation

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން ފެމިލީ ކޯޓުން ވަނީ ކައިވެނި ކޮށްދޭނެ ގަޑިތައް ވެސް ހާމަ ކޮށްފައެވެ.

އެގޮތުން ރަސްމީ ގަޑީގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށެވެ. އަދި މެންދުރުފަހު:13:00 އިން 13:45 އަށެވެ.

ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ 16:00 އިން 21:30 އަށެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް 13 އިން މެއި 19 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:45 އިން 22:45 އަށެވެ.

މީގެ އިތުރުން ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 20:00 އިން 21:30 އަށެވެ. އެހެން ހުރިހާ ދުވަހެއްގައި ވެސް 16:00 އިން 21:30 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ހާމަ ކޮށްފައިވެއެވެ.

ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނި ކޮށްދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!