ދުނިޔެ

ފަރުބަދައަށް އަރަން އުޅުނު މީހަކު 100 ފޫޓަށް ވުރެ މަތިން ވެއްޓުނު ނަމަވެސް ސަލާމަތް ވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގައި ފަރުބަދައަށް އަރަން ގޮސް އުޅުނު މީހަކު 100 ފޫޓަށް ވުރެ މަތިން ވެއްޓުނު ނަމަވެސް ސަލާމަތް ވެއްޖެއެވެ.

Ads by WAMCO

“އެންޑީޓީވީ” އިން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ 100 ފޫޓަށް ވުރެ މަތިން ވެއްޓި އެކިވަރުގެ އަނިޔާތަކެއް ލިބިފައެވެ. އަދި ފަރުބަދައިގެ ވަކި ހިސާބެއްގައި އެއްވެސް ވަރަކަށް ތިރިއަށް ނުވަތަ މައްޗަށް ނޭރިފައި 5 ގަޑި އިރު ވަންދެން އޭނާ އިން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

29 އަހަރުގެ މި މީހާ އެތަނުގައި ހަޅޭއް ލަވާ އަދި އަތުގައި ވާ ޓޯޗުން އަލިކޮށް އެތަނުގައި ދިރިއުޅޭ މަގުމަތިވެފައިވާ ބައެއްގެ ސަމާލުކަން ވަނީ ހޯދައިފައެވެ. އަދި އެއަށް ފަހު އެމީހުން ވަނީ 911 އަށް ގުޅައި އެ ފިރިހެން މީހާ  ސަލާމަތް ކޮށްދީފައެވެ.

މި ހާދިސާއާ ގުޅިގެން ފަރުބަދައަށް އަރަން ދިޔަ މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައި ވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓު ކުރެވި އޭނާއަށް ފަރުވާ ދެވެމުން ކަމަށް ވެސް ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބެއެވެ.

Ads by Ooredoo
  1. އަދިވެސް އުޅޭތި ނޮފޯރާފޮތިން ފޫގެޅެތޯ