ނިޔާމަ ރިސޯޓަށް އަރާ ފޭބުން މާނާކޮށްފި

ކޮވިޑް-19ގެ ކޭސްތަކެއް ފެނި ނިޔާމަ ރިސޯޓަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ އެ ރިސޯޓުން ފައްސިވީ ދެ ޓޫރިސްޓުންނާއި ފަސް މުވައްޒިފުން ކަމަށެވެ.
މީގެ ތެރެއިން ފަސް މީހުން ފައްސިވެފައި ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓު ކުރުމުންނެވެ. އަނެއް ދެމީހުން ފާހަގަވެފައި ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ އެ ރިސޯޓުން 17 ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާ ކަމަށާއި އަދިވެސް އިތުރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިއީ ރިސޯޓެއް މޮނިޓަރިން އަށް ގެނައި ފުރަތަމަ ފަހަރެވެ.