ޓެކްސް ފައިސާއަކީ ހަވާ އަރުވަން ނެގޭ ފައިސާއަކަށް ވެގެން ނުވާނެ: ޑރ.އިޔާޒް

ޓެކްސް ނެގުން ހުއްދަ ނަމަވެސް އެ ފައިސާއަކީ ހަވާ އެރުވުމަށް ނެގޭ ފައިސާއަކަށް ވެގެން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ޓެކްސް ނެގުމަކީ ޙަރާމް ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވުމާ ގުޅިގެން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އަތުން ނެގޭ ޓެކްސް ފައިސާއިން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުން ފިޔަވާ އެހެން ކަމެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.
އަދި އެއީ ހަވާ އަރުވަން ނެގޭ ފައިސާއަކަށް ވެގެން ނުވާނެ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.
އިލްޔާސް ޖަމާލްގެ ވާހަކައިގައި ވިދާޅުވެފައި ވަނީ ޓެކްސް ނެގުން ހަރާމް ކަމަށް އިލްމުވެރިންގެ އިއްތިހާދުން ސާބިތުވާ ކަމަށެވެ. އެކި ނަންނަމުގައި ނަގާ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި ޓެކްސްގެ ވެރިޔަކު ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ ހަދީޘް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޫރުމަހާއި ރަލުން ލިބޭ ފައިސާއިން މުސާރަދެނީ