ކުޅިވަރު

ސަޕޯޓަރުންގެ އަޑާއިއެކު ޕްރިމިއަރ ލީގުގެ މެޗުތައް ދައްކަން މަޝްވަރާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މެދު ކެނޑުމަކަށްފަހު އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތައް މިމަހުގެ 17ގައި ފެށުމަށް މިހާރުވަނީ ނިންމާފައެވެ. ލީގުގައި ބާކީ ހުރި ހުރިހާ މެޗެއް ވަގުތުން ދައްކަންވެސް މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.

Ads by Hajj Corporation

އިނގިރޭސި ވިލާތުގެ ބީޓީ ސްޕޯޓްސް، ބީބީސީ އަދި ސްކައި ސްޕޯޓްއިން ގުޅިގެން ހުރިހާ މެޗެއް ވަގުތުން ގެނެސްދޭން މިހާރުވަނީ ނިންމާފައެވެ. ބާކީ އޮތް 92 މެޗުގެ ތެރެއިން ކޮންމެ ސްޓޭޝަނަކުން ވަކި މެޗުތަކެއް ވަގުތުން ދައްކާނެއެވެ.

މި މަޝްވަރާތަކުގައި މިހާރު ނިންމާފައިވާ އެންމެ ބޮޑު ނިންމުމަކީ މެޗުތައް ވަގުތުން ދައްކާއިރު ސަޕޯޓަރުންގެ އަޑު ހިމަނައިގެން މެޗުތައް ދެއްކުމެވެ. ސްޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހިފައިވުމުން ސަޕޯޓަރުންގެ އަޑު ނެތި މެޗުތައް ބަލަން ފޯރި ނުހުންނާނެކަމަށް ގިނަބަޔަކު ދެކެއެވެ. އެހެންކަމުން ބެލުންތެރިންގެ މަގުބޫލުކަން ބޮޑުކުރުމަށް ސްޕޯޓަރުންގެ އަޑު ހިމަނައިގެން މެޗު ލައިވްކުރަން އަންނަނީ މަޝްވަރާކުރަމުންނެވެ. ބައެއް ލީގުތަކުގެ ބާކީ ހުރި މެޗުތައް ސަޕޯޓަރުންގެ އަޑާއިއެކު ޓީވީން ދައްކަން އަންނަނީ ވިސްނަމުންނެވެ.

ޖަރުމަން ބުންޑަސްލީގާގެ ކުޅުންވެސް އަލުން ފެށިއިރު ސަޕޯޓަރުން ނެތި މެޗުތަކުގެ ފޯރިކުޑަކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އެހެންވެ ދާދިފަހުން ބޮރޫޝީޔާ ޑޯޓްމުންޑާއި ބަޔާން މިޔުނިކް ވާދަކުރި މެޗު ލައިވްކޮށްފައިވަނީ ސަޕޯޓަރުންގެ އަޑު ހިމަނައިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!