ޚަބަރު

ވަކި ތާރީހެއް ސްކޫލްތަކުގެ ޓީޗަރުން ޑިއުޓީއަށް ރިޕޯޓުކުރަން އަންގާފައެއް ނުވޭ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ސްކޫލްތަކުގެ ޓީޗަރުން ޑިއުޓީއަށް ރިޕޯޓުކުރަން ވަކި ތާރީހެއް އަންގާފައި ނުވާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ބައެއް ސްކޫލްތަކުން މިމަހުގެ 14 ވަަނަ ދުވަހު ޓީޗަރުން ސްކޫލަށް ނިކުންނަން ޖެހޭނެ ކަމުގެ ވަހަކަ ތަކެއް ދެކެވެމުންދާތީ އެކަމާ އެޑިއުކޭޝަން މިނިސްޓްރީ އިން ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެ މިިނިސްޓްރީ އިން ޖޫން 14 ވަނަ ދުވަހު ޓީޗަރުން ސްކޫލްތަކަށް ނިކުންނަން ޖެހޭނެކަމަށް ބުނެ އެއްވެސް ލިޔުމެއް އެމިނިސްޓްރީ އިން ނެރިފައި ނުވާނެކަމަށް މިނިސްޓްރީ އިން ބުނެފައި ވާކަމަށާއި މިކަހަކަލަ ވާހަކަތަކެއް އިވެމުންދާތީ މިއީ ކިހިނެތް ހިނގާ ކަމެއްތޯ މިނިސްޓްރީ އިން ބަލަމުން އަންނަ ކަމަށް މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ސްކޫލްތައް އަލަށް ހުޅުވާނެ ތާރީހާއި ގޮތްތަށް ފައިނަލަޒް ކުރުމުގެ މަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީ އިން ކުރަމުން އަންނަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!