ދުނިޔެ

އިންޑިއާގެ ބޯޑަރު ރަސްމީކޮށް ހުޅުވުން އަނެއްކާވެސް ފަސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާގެ ބޯޑަރުތައް ރަސްމީކޮށް ހުޅުވާލުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

Ads by WAMCO

އެގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން ސޮއިކުރައްވައި ނެރުއްވި ސާކިޔުލާއެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެެ ޖޫން 26ގައި ނެރެފައިވާ ސާކިޔުލާގެ މުއްދަތު އިތުރުކޮށް 2021 ވަނަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް އެ ސާކިޔުލާ އަށް އަމަލު ކުރަން މިއަދުން ފެށިގެން ނިންމާފައިވާ ކަމަށެވެ.

މިނިންމުމާއެކު އިންޓަނޭޝަނަލް ޝެޑިއުލް ފަސިންޖާ ފްލައިޓުތަކަށް އިންޑިއާ އަށް ގޮސް އައިސްވުމުގެ ފުރުސަތު ލިބޭނީ އެ ގައުމުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވެސް އެސާކިޔުލާގައި ބަޔާންކޮށްފައިވެއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާ އާއެކު އެއާ ބަބުލް އެގްރިމެންޓު ހަދާފައިވާ ގައުމުތަކަށް، އެޤައުމަށް ފަސިންޖާ ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އޮންނާނެ އެވެ. އަދި ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ހުއްދަ ދޭ ހާއްސަ ފްލައިޓުތަކަށާއި އިންޓަނޭޝަނަލް ކާގޯ ފްލައިޓުތަކަށް އިންޑިއާ އަށް ގޮސް އައިސްވުމުގައި ހުރަހެއް ނޯންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިއާއިން އެއާ ބަބުލް އެގްރިމެންޓު ހަދާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖެ،
  • އަފްގާނިސްތާން،
  • ބަހްރެއިން،
  • ކެންޔާ،
  • ކެނެޑާ،
  • ފްރާންސް،
  • ބޫޓާން،
  • ޖަރުމަނު،
  • އިރާގު،
  • ޖަޕާން،
  • އޮމާން،
  • ނެދަލެންޑްސް،
  • ގަތަރު،
  • ޔޫއޭއީ (ދުބާއީ)،
  • އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!