ޚަބަރު

އަދާލަތު ޕާޓީގެ އަޑު ނުކެނޑި އޮތީ ދެ އަންހެނުންގެ ސަބަބުން: ދިޔާނާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަދާލަތު ޕާޓީގެ ލީޑަރޝިޕަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް އޮންނާތީ އެކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި އަދާލަތު ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނަކަށް ކުރިމަތިލެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ތާއީދު ކުރައްވައި ދިޔާނާ ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލުގައި އޮންނެވިއިރު އެ ޕާޓީގެ އަޑު ނުކެނޑި އޮތީ ދެ އަންހެން ބޭފުޅުންގެ ސަބަބުން ކަމަށެވެ.

އެގޮތުން އެ ޕާޓީގެ ރައީސް ކަމަށް ޝިދާތާއަކީ ގާބީލް ބޭފުޅެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގައި މިހާރު އޮންނަ ގޮތުން އެ ޕާޓީގެ ރައީސަކަށް ވެސް އަދި ނައިބު ރައީސަކަށް ވެސް އަންހެނަކަށް ކުރިމައްޗެއް ނުލެވެއެވެ. ނަމަވެސް އެ ޕާޓީގެ ދުސްތޫރަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ، ޢަދާލަތު ޕާޓީގެ ދުސްތޫރަށް އެއްވެސް އިސްލާޙެއް ގެނައުމަށް ޢަދާލަތު ޕާޓީން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާ ކަމަށެވެ. އެ ޕާޓީގެ މިހާރުގެ ގަވާއިދުގައި ބުނާ ގޮތުން އެޕާޓީގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ވެސް އަންހެނަކަށް ކުރިމަތި ނުލެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 42 ވަނަ މާއްދާގެ ޅަވިޔަނީގައި މިހާރުވެސް އޮތީ ޕާޓީގެ ރައީސް ކަމަށާއި، ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭނީ ފިރިހެނަކަށް ކަމަށް. އިތުރު އިސްލާޙެއް އަދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިފައި ނުވޭ." ޝަރީފް ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. މޫސަ

    އަދާލަތުޕާޓީޔަކީ ދެތިންމީހުންގެ މިނިސްޓަރުކަންދިފާއު ކުރަންގެންގުޅޭ އިސްޓޭންޕެ ދީނީކަންތައްކުރިއަރުވާ އެކަމައް ސައްކައްކުރާނަމަ ރައްޔަތުންބަލާގައްނާނެ