ޚަބަރު

ސައުދީ ބޯޑަރުތައް އަނެއްކާ ވެސް ހުޅުވާލަން ނިންމައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޔޫރަޕުން ފެނުނު ކޮވިޑް-19 ގެ އައު ވޭރިއަންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކުރި ސައުދީ އަރަބިއާގެ ބޯޑަރުތައް އަނެއްކާވެސް ހުޅުވާލަން ނިންމައިފިއެވެ.

Ads by Hajj Corporation

ސައުދީ ބޯޑަރުތައް އެންމެ ފަހުން ބަންދު ކޮށްފައި ވަނީ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

ސައުދީ ސަރުކާރުން މިއަދު ވަނީ އެ ގައުމުގެ އެއްގަމާއި، ކަނޑާއި ވައިގެ ބޯޑަރުތައް ހުޅުވަން ނިންމާފައެވެ.

ކޮވިޑް އާ ވޭރިއަންޓާ ގުޅިގެން އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތްއިރު، އަދިވެސް އުމްރާގެ އަޅުކަން ކުރާކަށް ނުފަށައެވެ.

ޔޫކޭ ވޭރިއަންޓް ފެނިފައިވާ ގައުމުތަކުން ސައުދީއަށް ދަތުރު ކުރާނަމަ، ސައުދީއަށް އެތެރެ ވުމުގެ 14 ދުވަސް ކުރިން، އެ ވޭރިއަންޓް އޮތް ގައުމަކުން ބޭރު ވާން ޖެހެއެވެ.

ކޯވިޑްގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެނި އެޤައުމު ވަނީ އަނެއްކާ ވެސް ފުރަ ބަންދުކޮށްފައެވެ. މިހާތަނަށް ފެނުނު ކޯވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަވެފައި ހަލުވިކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެ ގައުމުން ވަނީ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުން ދާ ކަމަށް ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!