މަލައިކާ ކައްކައިިދިނުމުން އަރްޖުން ކަޕޫރު ހުރީ އުފަލުން ފޮޅިފައި
އަރްޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ އަކީ ބޮލީވުޑްގައި މަޝްހޫރު ޖޯޑެކެވެ. އެ ދެލޯބިވެރިން މިހާރު ދަނީ އިންޑިއާގެ ގޯއާގައި ޗުއްޓީ ހޭދަ ކުރަމުންނެވެ. މަލައިކާ މިއަދު އަރްޖުން އަށް މެންދުރުގެ ކެއުން ތައްޔާރު ކޮށްދިނުމުން އޭނާ ހުރީ އުފަލުން ފޮޅިފައެވެ.
އަރްޖުން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މަލައިކާ އޭނާއަށް ތައްޔާރު ކޮށްދީފައިވާ ކާއެއްޗެހީގެ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އަދި މަލައިކާ ވެސް ވަނީ އޭނާގެ ސްޓޯރީއަށް މި ފޮޓޯ ހިއްސާ ކޮށްފައެވެ.
މި ދެލޯބިވެރިން ވެސް ވަނީ ޗުއްޓީ ހޭދަކުރަން އުޅުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އައު އަހަރުގެ ތަހުނިޔާތައް ފޭނުންނަށް އަރިސް ކޮށްފައެވެ. ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް މަލައިކާ ލިޔެފައި ވަނީ މިއީ އައު ދުވަހެއް ކަމަށާއި އައު އަހަރެއް ކަމަށެވެ. އަދި އޭނާގެ ފޮޓޯއަށް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ވެސް ވަނީ ކޮމެންޓް ކޮށްފައެވެ. އެ ޖޯޑަކީ ކަރީނާގެ "ފޭވަރިޓް" ކަޕުލް ކަމުގައި އޭނާ ބުނެފައިވާއިރު މިއަދު މެނޫގައި ހުރީ ކޯޗެއްތޯ ވަނީ ސުވާލު ކޮށްފައެވެ.
އަރްޖުން އާއި މަލައިކާގެ ލޯބީގެ ގުޅުން ޔަގީން ވެފައިވަނީ 2019 ވަނަ އަހަރުގައެވެ. އަދި މިގުޅުމުގެ ވާހަކަ މިދެލޯބިވެރިން ވަނީ އެކި ގޮތްގޮތުން މީސްމީޑިއާގައި ވެސް ހިއްސާ ކޮށްފައެވެ. އަދި މީޑިއާތަކުން އެ ދެމީހުންގެ ގުޅުމުގެ ވާހަކަ ގޯސް ގޮތަކަށް ނުދައްކާތީ އެކަމާ ވެސް ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ނިވާކަންކުޑަ ހެދުން ލައިގެން ހުންނަ ފޮޓޯހުންނާތީ އެކަން އިސްލާހުކޮށލިއްޔާހާދަރަގަޅޭ ހިތައްއަރާ