ލައިފްސްޓައިލް

ފެން ނުވަރާ ކިތައް ދުވަހު ހުރެވިދާނެތަ؟

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މަދުވެގެން ދުވާލަކު އެއް ފަހަރު ފެންވަރާ މީހުންނެވެ. އެންމެ ދުވަހަކު ނަމަވެސް ފެން ނުވަރާ ހުރެއްޖެ ނަމަ އެ މީހަކާ މެދު ދެކޭ ގޮތް ބަދަލުވެދާނެއެވެ.

Ads by STELCO

ކޮސްމޯޕޮލިޓަން މަޖައްލާގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޖެހިޖެހިގެން ދެ ދުވަހު ފެން ނުވަރާ ހުރެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑަށް ވަރަށް ހިތްހަމަނުޖެހޭ ޒާތުގެ ކަންތައްތައް ދިމާވާނެ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކީ ޖަރާސީމުގެ ހަމަލާއެވެ.

އިންސާނުންގެ ހަށިގަނޑުގައި އަބަދުވެސް 1،000 ވައްތަރެއްގެ ބެކްޓީރިއާ ނުވަތަ ޖަރާސީމު ހުންނާނެއެވެ. މީގެ ތެރޭގައި 40 ވައްތަރެއްގެ ފަންގަސް ހިމެނެއެވެ. މީގެ ތެރެއިން ގިނަ އެއްޗިއްސަކީ ހަށިގަނޑުގެ ދިފާއުގައި ހުންނަ ރަނގަޅު ބެކްޓީރިއާ ނަމަވެސް ގޯސް ބެކްޓީރިއާތައް ހަށިގަނޑުން ނައްތާލެވޭނީ ސައިބޯންޏަށެވެ.

ސައިބޯނި ލައިގެން ފެން ނުވަރާ ނަމަ ނުރަނގަޅު ބެކްޓީރިއާތަކެއް ނުދާނެއެވެ. ހަށިގަނޑުގައި އެ ބެކްޓީރިއާ ހުރި ނަމަ ލޮލަށާއި އަނގައަށް އަދި ނޭފަތަށް އެ ތަކެތި ވަދެ އެމީހަކު ބަލިވުމުގެ ފުރުސަތު ބޮޑެވެ.

ގައިން ނުބައިވަސް ދުވަނީ ވެސް ބެކްޓީރިއާގެ ސަބަބުންނެވެ. ބެކްޓީރިއާތަކުން ދޫކުރާ ގޭސްތަކުން ތަފާތު 30 ވައްތަރެއްގެ ނުބައި ވަސް ނިކުމެއެވެ. އެހެންވެ ހަށިގަނޑުން މިހާ ގިނަ ވައްތަރުގެ ނުބައި ވަސް ނުކުތުމުން ވަރަށް ނުބައި ވަސް ދުވާނެއެވެ.

މިވަރުން ވެސް ކޮންމެ ދުވަހަކު ފެންވަރަށް އާދަކުރަން ޚިޔާލު ނުކުރާ ނަމަ އަދިވެސް ފެންވަރަން ޖެހޭ ސީރިއަސް އެހެން މައްސަލައެއް އެބައޮތެވެ.

ފެން ވެރުމުން ހަށިގަނޑުން ނުކުންނަ ތެޔޮތައް ހަންގަނޑުގެ އެކި ތަންތަނަށް ޖަމާވެ ހަންގަނޑަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރު ވެވޭނެއެވެ. ގަވާއިދުން ކަސްރަތުކުރާ މީހުން ކޮންމެހެން ވެސް ފެންވަރަން ޖެހޭނެ އެވެ.

ލޮނު ދަލުން ތަތްވެފައިވާ އެއްޗެއް ލައިގެން ގިނަ ވަގުތު ހުރެއްޖެ ނަމަ ހަންގަނޑު ހިރުވުމާއި ހަންގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވެއެވެ. އަދި މިއީ ބެކްޓީރިއާ އާއި ފަންގަލް އިންފެކްޝަންތައް ފަސޭހައިން ޖެހުމަށް މެދުވެރިވާނެ ކަމެކެވެ.

ވަރަށް މުހިއްމު ކަމަކާ ހުރެ އެވަގުތު ފެން ވެރޭނެ ގޮތެއް ނެތް ނަމަ ކިހިލިފަތްދަށާއި ގައިގެ ދާހިތްލާ ހިސާބުތައް އަދި މޫނު ދޮވެ ސާފު ކޮށްލުމަށް ފަހު އަވަހަށް ހެދުން ބަދަލުކޮށްލުން ރަނގަޅެވެ.

ނަމަވެސް ގިނައިރުތަކެއް ވަންދެން ފެންވެރުމުގައި ހޭދަކުރާ މީހުންނަށް ވެސް ތަޖުރިބާކާރުން ދެނީ ވަރަށް ހިތްދަތިވާ ކަހަލަ ޚަބަރެކެވެ. މާގިނަ ވަގުތު ފެންވެރުމުގައި ހޭދަކުރާ ނަމަ ހަމުގައިވާ ތެޔޮކަން ނެތި ހަންގަނޑު ކުރަކިވެ ހަންފޮޅޭގޮތް ވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!