ދުނިޔެ

މީހަކު ޖިންނި މޮޔަވެގެން ރުޤްޔާ ކުރަން ދިޔަ އިމާމަކަށް، ވަޅިން ހަމަލާދީ ޝަހީދު ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ މެލްބަންގެ އިމާމެއް ކަމުގައިވާ މުޙައްމަދު ނޫރް ފަރާހް އަށް ތޫނު އެއްޗަކުން ހަމަލާދީ ޝަހީދު ކޮށްލައިފިއެވެ.

Ads by Sosun Fihaara

މެލްބަން ގައި އިސްލާމްދީނާ ބެހޭގޮތުން އެކިއެކި މައުލޫމާތުދީ، ދީނީ އެކިއެކި ހަރަކާތްތައް ހިންގާ އޮގަނައިޒޭޝަނެއް ކަމުގައިވާ "އައިއައިއެސްއެންއޭ މައިސެންޓަރ" އިން މިކަން ޔަގީން ކޮށްދެއްވާ އެމީހުންގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އިމާމް މުޙަައްމަދު ނޫރް ފަރާޙް ޝަހީދު ކޮށްލީ މީހަކު ޖިންނި މޮޔަވެގެން ކަމަށް ބުނެ ފޯނު ކުރުމުން، އެމީހާއަށް ރުޤްޔާ ކުރުމުގައި އެހީތެރިވުމަށް އެގެއަށް ޒިޔާރަތް ކުރި ވަގުތު ކަމަށެވެ.

"އިމާމަށް ގުޅާފައި އެމީހުން އެދުނީ އެގެއަށް ދާން، މީހަކު ޖިންނި މޮޔަވެގެން އުޅޭތީ ރުޤްޔާ ކުރުމުގައި އެހީތެރިވުމަށް. އެކަމަކު އޭނާ އެތަނަށް ދިޔަފަހުން ވަނީ ޖިންނި މޮޔަވި މީހާ ވަނީ އިމާމަށް ތޫނު އެއްޗަކުން ހަމަލާދީ ޝަހީދު ކޮށްލާފަ" އައިއައިއެސްއެންއޭ ގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ.

މިމަހުގެ 2 ވަނަ ދުވަހު ހިނގި މިހާދިސާގައި އިމާމު ޝަހީދު ކޮށްލާފައިވާއިރު، އެތަނުގައި އެވަތުގުތިބި އެހެން މީހުންތަކަކަށް ވެސް އެމީހާ ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައި ކަމަށް އެއޮފިޝަލު ބުންޏެވެ.

"ކޮންމެ ކަމަކަށް ވެސް، ކޮންމެ ދާއިރާއަކަށް ވެސް ޚާއްސަ ވެގެންވާ ވަކި ބަޔަކު ތިބޭނެކަން ކޮންމެ މީހަކުވެސް ދަންނަން ވާނެ. އިމާމަކީ ޖަމާޢަތުގައި ނަމާދު ކުރުމުގައި އެންމެ އިސްކޮށް ހުންނަ މީހާ. އޭގެ އިތުރުން ދީނީ ގޮތުން އުފެދިފައިވާ އެހެނިހެން ސުވާލުތަކަށް ޖަވާބު ދެވޭނެ މީހެއް އިމާމަކީ. އޭނާއަކީ ސައިކޮލޮޖިސްޓެއް ނޫން. ނަފްސާނީ ބަލި ހުންނަ މީހަކަށް ނުވަތަ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުންނަ މީހަކު ރަނގަޅު ކުރާނެ ގޮތެއް އިމާމަކަށް ނޭނގިދާނެ. ރުޤްޔާވެސް ރަނގަޅަށް ކުރަން ނޭނގިދާނެ. އެފަދަ ކަންކަމުގައި ރަނގަޅުވާނީ އެކަމަކާއި ގުޅޭ ތަޖުރިބާކާރު ބޭފުޅުންނަށް ގުޅުން" އައިއައިއެސްއެންއޭ ގެ އޮފިޝަލު ބުނެފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!