ޖާންވީ ކަޕޫރު އަލަށް ގަތް ގޭގެ އަގު އެނގިއްޖެ ނަމަ ދީވާނާ ވާނެކަން ޔަގީން!

ބޮލީވުޑްގެ ސުޕަރ ހިޓެއް ކަމަށްވާ ދަޅަކް ފިލްމުން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޖާންވީ ކަޕޫރަކީ މިއަދު ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް ތަރިއެވެ. އޭނާއަށް ސަޕޯޓް ކުރާ އެތައް ބަޔަކު އުޅޭއިރު މިއަދުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ހަބަރަކީ އޭނާ އަލަށް ގެއެއް ގަތް ހަބަރެވެ.
އޭނާ އަލަށް ގަތް މިގެއަކީ އިންޑިއާގެ މުންބާއީ އިން ގަތް ގެއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖާންވީ ކަޕޫރު ގަތް މިގެއަކީ ވަރަށް ބޮޑު ގެއެއް ކަމަށާއި އަދި ވަރަށް އަގުބޮޑު ގެއެއް ކަމަށް ރިޕޯޓް ތައް ބުނެއެވެ. ޑިސެމްބަރު 7ގައި އޭނާ މި ގެ ގަނެފައިވާއިރު މިގޭގެ އަގު އެނގިއްޖެ ނަމަ ދީވާނާ ވާނެ ކަމާމެދު ޝައްކެތް ނެތެވެ.
އޭނާ އަލަތް ގަތް މި ގެއަކީ 3456 އަކަފޫޓުގެ ބޮޑު ގެއެއް ކަމުން ސްޓޭމްޕް ޑިއުޓީއެއްގެ ގޮތުގައި އޭނާ ވަނީ 78 ލައްކަ އިންޑިއަން ރުޕީސް ވެސް ދައްކާފައެވެ. އަދި އޭނާ މި ގެ ގަތީ ޖުމުލަ 39 ކްރޯޑް އިންޑިއަން ރުޕީސް ހޭދަ ކޮށްގެންނެވެ.
ފާއިތުވި އަހަރުގެ ފަހުކޮޅު ބޮލީވުޑްގެ މަޝްހޫރު އެހެން ބައެއް ތަރިން ވެސް ވަނީ އިންޑިއާގެ މުންބާއީ އިން ބޮޑެތި ގެތައް ގަނެފައެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަން އާއި އާލިއާ ބަޓް ވެސް ހިމެނެއެވެ.
ކަލޯ ގަޔާާ އަހަންނެއްް ނުވިި ދީވާނާާ އެއްް. ދުއ***ކަހަލަަ ކަމެމޭޭ މީ
ދީވާނާ ވާންޖެހޭތަ މީހަކު ކަމެއްކުރިއޭ ކިޔާފަ
ތިގަތި ސުވަރުގޭގެ ގަޑުވަރެއްތަ ދީވާނާވާން