ދުނިޔެ

7000 ޑޮލަރަށް އުމުރުން ފަސް އަހަރުގެ ފިރިހެން ދަރިފުޅު ވިއްކާލަން އުޅެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިރާޤުގެ ދެމަފިރިއަކު އެމީހުންގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅު 7،000 ޑޮލަރަށް ވިއްކާލަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

އެޤައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ބުނެފައިވާ ގޮތުގައި އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖަކު ވިއްކާލަން އުޅެނިކޮށް އެކުއްޖާގެ މައިންބަފައިން ހައްޔަރު ކޮށްފައި ވަނީ ވެރިރަށް ބަޣްދާދުގެ ކައްރާދާ ޑިސްޓްރިކްޓުންނެވެ.

އެމިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިއުމަން ދެމަފިރިއަކު އެމީހުންގެ ކުޑަ ދަރިފުޅު ވިއްކާލަން އުޅޭކަމުގެ މައުލޫމާތު އިރާޤުގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން، ޓެކްނިކަލް ޓީމެއް އެއޮޕަރޭޝަންގައި ހަރަކާތްތެރިވާން ފެށިކަމަށެވެ.

އިންޓެލިޖެންސް ރިޕޯޓުން ބުނެފައިވަނީ، އިރާޤް ގެ އެދެމަފިރިން ދަރިފުޅު ވިއްކާލަން އުޅުނީ އެޤައުމުގެ 10 މިލިއަން ދީނާރަށް (7،000 ޑޮލަރަށް) ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިންގި މިއޮޕަރޭޝަންގެ ތެރެއިން އެޓީމުން ވަނީ ކުޑަ ކުއްޖާ ސަލާމަތްކޮށްފައިވާއިރު، އެކުއްޖާގެ މައިންބަފައިން އޭނާ ވިއްކާލަން އުޅުނު ސަބަބު އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެތައް ބަޔަކު އަންނަނީ މީސްމީޑިއާ ގައި ވެސް ކަންބޮޑުވުން ފާޅުކޮށް، ކުއްޖާ ވިއްކާލަން އުޅުނު މައިންބަފައިންނަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަމުންނެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!