ދުނިޔެ

ފަސް އަހަރުގެ މި ހުނަރުވެރި ކުއްޖާ 150 ގައުމާއި އެ ގައުމުތަކުގެ ވެރިރަށް 4 މިނެޓު ތެރޭގައި ކިޔާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އައި ފުރަބަންދާއެކު ގިނަ ބައެއްގެ ދިރިއުޅުމަށް އަސަރު ކުރި ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އެތައް ބައެއްގެ ވާހަކަތައް އަޅުގަނޑުމެންނަށް އަޑުއިވިއްޖެއެވެ. އަދި އެ ހުނަރުވެރި ބުރަ މަސައްކަތްތައް އަޅުގަނޑުމެންގެ ލޮލަށް ވެސް ފެނިއްޖެ އެވެ.

Ads by WAMCO

އެގޮތުން މިއީ އެންމެ 5 އަހަރުގައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދި ތުއްތު އަންހެން ކުއްޖެއްގެ ވާހަކައެވެ. ޕްރީޝާ ޚެމާނީ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައި ވަނީ 4 މިނިޓާއި 17 ސިކުންތު ތެރޭގައި ދުނިޔޭގެ 150 ޤައުމެއްގެ ނަމާއި އެ ޤައުމުގެ ވެރި ރަށުގެ އިތުރުން އެ ޤައުމުގެ ދިދަ ފާހަގަ ކޮށްގެންނެވެ. ވޯލްޑް ރިކޯޑު އިންޑިއާގެ ފޮތުން ޕްރީޝާ އަށް ދީފައި ވަނީ ދުނިޔޭގެ 150 ޤައުމުގެ ނަން އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިޔައިދިން ކުޑަ ކުއްޖާގެ ލަޤަބެވެ.

ޕްރީޝާގެ މަންމަ ސަންގީތާ ޚެމާނީ ބުނީ ޕްރީޝާ އަކީ އަބަދުވެސް ޖިއޮގްރަފީ އާއި ދުނިޔެއާއި ބެހޭ ގޮތުން އުނގެނުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށެވެ. މީގެ އިތުރުން ސަންގީތާ ބުނި ގޮތުގައި ދުނިޔޭގެ ޤައުމުތަކުގެ ނަންތައް ދަސްކުރުމަށް ޕްރީޝާ ޝައުގުވެރިކަން އުފެދުނީ ފުރަބަންދު ތެރޭގައި އޭނާ އަށް ހަދިޔާ އެއްގެ ގޮތުގައި ލިބުނު ފޮތެއްގެ ސަބަބުންނެވެ. އެ ފޮތުގައި ޤައުމުތަކުގެ ނަމާއި ދިދަ އާއި ތަފާތު މަޢުލޫމާތު ހިމެނެއެވެ. ޕްރީޝާ އެ ފޮތުގައިވާ ޤައުމުތަކާއި ބެހޭ ގޮތުން ސުވާލު ކުރާ ކަމަށާއި ފަހުން ދިދަ ފެނުމުން އެއީ ކޮން ޤައުމެއްކަން ޕްރީޝާ އަށް އެނގޭ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ޕްރީޝާގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ނަން ދުނިޔޭގެ ރިކޯޑު ފޮތަށް ހުށަހެޅީ ޕްރީޝާގެ އާދަޔާ ހިލާފު ހުނަރު ފާހަގަ ކުރެވި ސްކޫލްގެ އެއްބާރުލުމާ އެކު ކަމަށެވެ. ޕްރީޝާގެ އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި އެކި އެކި ޤައުމުތަކުގެ ބަހުރުވަ އާއި ފައިސާގެ އިތުރުން ވެރިންގެ ނަންތައް ދަސް ކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!