"ކުޗްކުޗް ހޯތާ ހޭ" ގައި ތަރިގުނަން އުޅޭ މި ކުޑަ ކުއްޖާ މިހާރު ކޮބައިކަން އެނގޭތަ؟

ކުޗްކުޗް ހޯތާ ހޭ އަކީ ބޮލީވުޑްގެ އެންމެ ރީތި އެއް ފިލްމު ކަމަށް ގަބޫލުކުރާ އެތައް ބަޔަކު މިއަދު ވެސް އުޅެއެވެ. އަދި އެއް ފަހަރު ބަލައިގެން ހިތްހަމަ ނުޖެހިގެން އެތައް ފަހަރަކު އެފިލްމު ބަލާ މީހުން އުޅޭއިރު 1998ގައި ނުކުތް މި ފިލްމަކީ މިއަދު ވެސް ހަމަ ހިޓެކެވެ.
ލީޑް ރޯލުން ޝާހްރުކް ޚާނާއި ކާޖަލް ފެނިގެންދާ މި ފިލްމަކީ ވަރަށް ވެސް ރީތި ފިލްމެކެވެ. ފިލްމުގައި މަޖާ އެތައް ބައެއް ވެސް ފެނިގެންދާއިރު، ގިނަ ބައެއްގެ ހިތުގައި ލޯބި އުފެދުނު އެއް ކެރެކްޓަރ އަކީ މި ފިލްމުގައި އުޅޭ ކުޑަކުއްޖާ އެވެ. އެ ކުއްޖާގެ މާ ގިނަ ޑައިލޮގް ތަކެއް މި ފިލްމުގައި ފެނިގެނެއް ނުދެއެވެ. ގިނަ ފަހަރަށް ފެނިގެން ދާނީ އުޑުމަތީގައިވާ ތަރިތައް ގުނުމުގައި އެ ކުއްޖާ އަވަދިނެތި އުޅޭ މަންޒަރެވެ. މިހެން ބުނީމާ ހަމަ ގައިމުވެސް މި ފިލްމު ބެލި މީހަކަށް ވެއްޖިއްޔާ މިދައްކަނީ ކާކުގެ ވާހަކައެއް ކަން އެނގޭނެ ކަން ޔަގީނެވެ.
އެފިލްމު ކުޅުނު އިރު އޭނާ އަކީ ކުޑަކުއްޖެއް ނަމަވެސް މިއަދު އޭނާ އަކީ 29 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަސްލު ނަމަކީ ޕަރްޒާން ދަސްތޫރްއެވެ. ސުވާލަކީ މިއަދު އޭނާ ކޮބައިބާވައެވެ. ކުއްލިއަކަށް އޭނާގެ ވާހަކަ ނޫހުގެ ފަލަ ސުރުހީއަށް އަރަން މިޖެހުނީ ކީއްވެގެން ބާވައެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ މިވަނީ އޭނާގެ ލޯބިވެރިޔާއާ "އެންގޭޖް" ވެފައެވެ. އަދި އޭނާގެ އިންސްޓަގްރާމްގައި އޭނާ ވަނީ އޭނާގެ ލޯބިވެރިޔާއާއެކު "އެންގޭޖްމަންޓް"ގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އަދި އޭނާ ވަނީ އޭނާގެ ސަޕޯޓަރުންނަށް އަދި އޭނާ އަށް އެކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.
ޚކިޔާނިމުނުއިރުވެސް ކޮބައިކަމެއްނޭގުން