ކޮވިޑް-19: ފައްސިވީ މީހުންގެ އަދަދު އިތުރުވެއްޖެ، މިއަދު 52

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 52 މީހުން ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 11 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 34 މީހުންނާއި އަތޮޅުތެރެއިން 6 މީހެއްގެ އިތުރުން ސަފާރީއަކުން މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 14،040 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13,279 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 49 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 41 މީހުންނެވެ.