ބިޔާދޫ ރިސޯޓުން އިތުރުން އިތުރު 32 މީހުން ފައްސިވެއްޖެ

ބިޔާދޫ ރިސޯޓުން އިތުރު 32 މީހުން ކޮވިޑް19އަށް ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 49 އަށް އަރައިފިއެވެ.
އެ ރިސޯޓުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ފެނިފައިވަނީ، އެ ރިސޯޓުގެ މުވައްޒަފަކު ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ކުރުމުންނެވެ.
ފުރަތަމަ ކޭހާ ގުޅިގެން ނެގި 33 ސާމްޕަލްގެ ތެރެއިން 24 މީހަކު ވަނީ ފައްސިވެފައެވެ.
މި މީހުން ފައްސިވުމާ ގުޅިގެން އިއްޔެ ނެގި 71 ސާމްޕަލް ގެ ތެރެއިން 32 މީހަކު ވަނީ ފައްސިވެފައެވެ.