މަސްޖިދުލްޙަރަމްގެ އިމާމުކަމުގެ މަތިވެރި ޢިއްޒަތާއި ޝަރަފް ، ޝައިޚް ޣާމިދީ ދޫކޮށްލެއްވީ މާ މަތިވެރި ޝަރަފަކަށް ޓަކައި!
ދުނިޔޭގެ މަޝްހޫރު ޤާރީންގެ ތެރެއިން ސައުދީ ޢަރަބިއްޔާގެ ދައްމާމަށް އުފަން ، ސަޢަދު އަލްޣާމިދީއަކީ މަޝްހޫރު ބޭފުޅެކެވެ. އޭނާގެ ރީތި އަޑުން ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތައް އިވިގެންދާއިރު ހިތްތައް މަޑުމޮޅިވެ ، ގައިން ހީބިހި ނަގައިގެން ދެއެވެ.
އުމުރުން 22 އަހަރުގައި ޤުރުއާން ހިތުދަސްކުރެއްވި މި ޤާރީގެ ރީތި އަދި މޮޅު ކިޔެވުމުގެ ސަބަބުން މައްކާގެ އަމީރު ޢަބުދުލްމަޖީދުގެ ފަރާތްޕުޅުން ޝައިޚް ޣާމިދީއަށް މަތިވެރި އަދި ފަޚުރުވެރި ދަޢުވަތެއް ދެ އަހަރަކު ލިބިވަޑައިގަތެވެ. އެއީ އެހެން މިސްކިތެއްގައި ކުރާ ނަމާދަކަށް ވުރެ އެ މިސްކިތެއްގައި ނަމާދު ކުރުމުން އެއްލައްކަ ދަރަޖައިގެ މަތިވެރި ޘަވާބާއި ދަރުމަ ލިބޭ ، މައްކާގެ މަސްޖިދުލްޙަރަމްގެ އިމާމަކަށް ވެވަޑައިގަތުމުގެ ދަޢުވަތެވެ. ކޮންފަދަ ޝަރަފަކާއި ނިޢުމަތެއްތޯއެވެ. ކޮންފަދަ ބޮޑު ޢިއްޒަތަކާއި މަތިވެރިކަމެއްތޯއެވެ.
އަމީރު ޢަބުދުލްމަޖީދުގެ މި ދަޢުވަތު ، ޝައިޚް ޣާމިދީ ދެ އަހަރު ވެސް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އޭނާ އެ ޝަރަފާއި މަތިވެރިކަމަށް އިންކާރު ކުރެއްވިއެވެ. ނަމަވެސް ދެމި ހުންނެވީ އެއަށް ވުރެ މަތިވެރި ޝަރަފުވެރި މަގާމެއްގައެވެ. އެއަށްވުރެ މާ ބޮޑު ޢިއްޒަތެއްގައެވެ.
އަމީރުގެ ދަޢުވަތު ޤަބޫލުފުޅު ނުކުރެއްވުމާ ގުޅިގެން ، ޝައިޚް ޣާމިދީއަށް ސުވާލު ހުށަހެޅުނެވެ. ދެ އަހަރު ވެސް އެ ދަޢުވަތަށް އިޖާބަ ނުދެއްވީ ކީއްވެތޯއެވެ.
އެ މަތިވެރިކަމަށް ފުރަގަސްދިން ސަބަބާ ގުޅޭ ގޮތުން ޝައިޚް ވިދާޅުވިއެވެ.
"އަމީރު ޢަބުދުލްމަޖީދު ބޭނުންވެ ވަޑައިގެންނެވި ، އަހަރެން މައްކާގެ އިމާމަކަށްވާން ، އަދި ބައެއް މީހުން އެދުނު އެ މަގާމާ ހަވާލުވާން ވެސް ،ނަމަވެސް އެކަން ކުރެވެން ނެތް ސަބަބަކީ ،ފުރަތަމަ ކަމަކަށް އަހަރެންނަކީ އެ މަގާމަށް ލާއިގުވެގެންވާ މީހެއް ނޫން ،ﷲ ގަންދީ ހުވާކޮށްފައި ބުނަން ،އެއީ އަހަންނަށް ލާއިގު މަގާމެއް ނޫން ، އެއީ ޝައިޚް ސުދައިސް ، ޝައިޚް ޝުރައިމް ފަދަަ ބޭފުޅުންނާ އެކަށޭނަ މަގާމެއް، ﷲ ތަޢާލާ އެ ބޭކަލުންނަށް ބަރަކާތް ލައްވާށި! (ދެވަނަ ކަމަކަށް) އަހަރެންގެ މައިންބަފައިން އަބަދުވެސް ބޭނުންވި އެމީހުންގެ ގާތުގައި އަހަރެން ހުރުމަށް ، އެހެންވެ އަހަރެން ނިންމީ އެ ގޮތް ، މައިންބަފައިންގެ ގާތުގައި ހުރުމަށް" މަޑުމައިތިރި ސާދާ މިޒާޖުގެ ޝައިޚް ޣާމިދީ ބުނެފައި ވެއެވެ.
ސުބުޙާނަﷲ އެވެ. މަތިވެރި ޝަރަފާ ޢިއްޒަތެއް ދޫކޮށްލުމަށް ފަހު ޣާމިދީ އެ އިޚްތިޔާރު ކުރެއްވީ މާ މާތް ، މާ މަތިވެރި ޝަރަފެކެވެ. އެއީ އެމީހެއްގެ ފައިތިލަ ދަށުގައި ޖަންނަތުވާ ،މައިމީހާއަށް ޚިދުމަތް ކުރުމުގެ ޝަރަފެވެ. އެއީ ﷲގެ މަގުގައި ޖިހާދަށް ނުކުތް ބައެއް މީހުން ހުއްޓުވައި އެމީހަކަށް ޚިދުމަތް ކުރުމަށް އަނބުރާ ދިޔުމަށް ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވި މައިމީހާގެ ޝަރަފެވެ.
މިލިޔުން ކިޔާފަލޮލުން ކަރުނަ އައިސްފި މިއީﷲގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރައްވާ އަޅުންް
ﷲތަޢަާލާ އެފަދަ އަޅުން ގެއްލެނި ނުކުރައްވާ މާމަތީޝަރަފަކުން ޝަރަފު ވެރިކުރައްވަވާނެ
ޢާމީން
ގަމާރު ވިޔަސް ބޮޑުވަރު
މާތް ﷲ ތިބާޔަށް ފާފުއްސަވާށި. ތިބާގެ މައިމީހާ ރުހުން ލިބިގެންވާ ހާލު މާތް ﷲ ހަޟްރަތަށް ރުޖޫޢަވުމުގެ ހެޔޮ ތައުފީޤު ތިބާއަށާއި މި ނިކަމެތި އަޅާއަށާ އަޅަމެން އެންމެނަށް ދެއްވާށިއެވެ.
އހަރެމެންނަށް އެއީ މާބޮޑުކަމަކަށް ނުވިޔަސް އެއީ ވަރަށް މަތިވެރި ޢަމަލެއް. އެހެންނޫންނަމަ އުވައިސު އަލްޤަރްނީގެ ވާހަަކަ އެއް އަހަރުމެއްނާ ހަަމަ އަކަށް ނައިސް. މަންމައަށް ހިދުމަތްކުރުމައްޓަކައި ސަހާބީއަކަށް ނުވެވުނު ބޭފުޅެއް. އެހެންނަަމަވެސް އެކަލޭގެފާނުގެ ވާހަކަ ރަސޫލުﷲވަނީ ބަޔާންކޮށްދީފަ
ގަމާރީ އެއްނޫން މައިން ބަފައިންނަށް ޚިދުމަތްކުރުމަކީ ޖިހާދުކުރުމަށްވުރެ ހެޔޮކަން ބޮޑު ކަމެއްކަމުގަވާތީ…
މައިންބަފައިން ގޮވައިގެން މައްކާއަށް މޫވް ކުރުމުގެ އޮޕްޝަން ވެސް ބަލައިލަން ވާނެއްނު
ތިހުރީ ތަންކޮޅެއް ބޮޑަށް ފިގްހުވެރިވެފަ
ހެޔޮވިސްނާ މީހަކަށް ވޭ
ކަލޭ މާ ގަމާރު ތަންދޮރު ނޭނގި ކޮމެންޓް ކުރާތި
ގަމާރުންނަކަށް އަމިއްލައަށް ތިމާގެ ގަމާރުކަން ހާމަ ކުރެވޭއިރުވެސް ނޭނގޭނެ. އެފަދަ ހާލުގަ ތިބާ ތިހިރީ.
ގަމާރީ ތިބާ
އާނދޯ ގަމާރު ވިޔަސް ބޮނޑުވަރުދޯ އެހެން ނަމައެކަންދޫކޮއްލާފަ އެކުރި ކަމަކީ ސުވަރުގެއަށް ދާން ކޮށާލީލި މަގެއްކަން ކަށަވަރު..އެހެންވީމާ ފިއްތާލާށެވެ
އެއީ މޮޅު ވިޔަފާރިއެއް.. އޭނާ ދެ ދުނިޔެ ގަނެފި
މިލިޔުން ކިޔާފަލޮލުން ކަރުނަ އައިސްފި މިއީﷲގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރައްވާ އަޅުންް
ﷲތަޢަާލާ އެފަދަ އަޅުން ގެއްލެނި ނުކުރައްވާ މާމަތީޝަރަފަކުން ޝަރަފު ވެރިކުރައްވަވާނެ