ކުޅިވަރު

ސުއަރޭޒް ފިޓްވިއިރު ، ފަރިތަކުރުންތަކުގައި ކެޕްޓަން މެސީއަށް އަނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބާސެލޯނާގެ ފަރިތަކުރުންތަކުގައި ކެޕްޓަން މެސީއަށް އަނިޔާވިއިރު ލީގުގެ ބާކީހުރި މެޗުތަކަށް ފޯވާޑް ލުއިސް ސުއަރޭޒް ފިޓުވެއްޖެއެވެ.

Ads by STELCO

ބާސެލޯނާގެ ކެޕްޓަން މެސީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ބާސެލޯނާ ޓީމާއިއެކު ތަމްރީންތަކުގައި ބައިވެރިނުވެއެވެ. ބާސެލޯނާއިން ބުނީ މެސީއަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫންކަމަށާއި، އެކަމަކު މި ދަނޑިވަޅުގައި ރިސްކެއް ނަގަން ބޭނުން ނުވާތީ އޭނާޓީމާއިއެކު ބައިވެރިނުވަނީކަމަށެވެ. ބާސެލޯނާއިން ބުނީ މެސީ ލުއި ތަމްރީންތަކެއް ވަކިން ފުރިހަމަކުރަމުން އަންނަކަމަށާއި، ލަލީގާ ފަށަން ބާކީ އޮތީ އެންމެ ހަފްތާއަކަށް ވާތީ މެސީއަށް ބޮޑު އަނިޔާއެއް ނުލިބޭތޯ މެޑިކަލް ޓީމުން މަސައްކަތްކުރާނެކަމަށެވެ.

މެސީވަނީ މި ސީޒަންގައި ބާސެލޯނާއަށް މިހާތަނަށް ކުޅުނު 31 މެޗުގައި 24 ގޯލް ޖަހާފައެވެ. މި ސީޒަން މެސީ ފެށީ ވެސް އަނިޔާގައި ހުރެއެވެ. ލީގުގެ ކުރީކޮޅު ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހުނެވެ. މެސީގެ އިތުރުން ފޯވާޑް އުސްމާނޭ ޑެމްބެލޭ އަދި އަންސޫ ފަޓީވެސް މިވަގުތު ހުރީ އަނިޔާގައެވެ. މި ދެ ކުޅުންތެރިންނަށް ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެއެވެ. މީގެ އިތުރުން ސަސްޕެންޝަނުގެ ސަބަބުން ކްލެމެންޓް ލެންގްލޭ ވެސް މި މެޗުގައި ބޭނުން ނުކުރެވޭނެއެވެ.

ބާސެލޯނާއަށް ލިބޭނެ ހިތްހަމަ ޖެހުމަކީ ކަކުލުގެ ސާޖަރީއަށްފަހު ލުއިސް ސުއަރޭޒް ފަރިތަކުރުންތަކުގައި ބައިވެރިވަމުން އައުމެވެ. ޖެނުއަރީ މަހު ކަކުލުގެ ސާޖަރީއެއް ކުރުމާއިއެކު ކުރިން ބެލެވުނީ ސުއަރޭޒަށް މި ސީޒަންގައި ދެން ނުކުޅެވޭނެކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ސީޒަން ނިމުން ލަސްވެފައިވާތީ ސުއަރޭޒަށް ބާކީހުރި މެޗުތަކުގައި ކުޅުމުގެ ފުރުސަތު މިހާރުވަނީ ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!