ވައްކަމުގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ
 
                                                    ފުލުހުން ބަލަމުން އަންނަ ވައްކަމުގެ މައްސަލައަކާ ގުޅިގެން 3 މީހުން ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ވީމާ ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 472223 އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
 
 Ads by Allied Insurance
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
