ރައީސް ޔާމީނަށް ހުކުމް ކުރުން ފަސްކޮށްފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެެެއް ފަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވުން މިމަހު 21 އަށް ފަސް ކޮށްފިއެވެ.
މަނީ ލޯންޑްރިން ކުށުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ، އެސްއޯއެފް ކުންފުނި މެދުވެރިކޮށް ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ބުނާ މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިތުރު ދެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް މިހާރު ވަނީ އުފުލާފަ އެވެ. އެއީ ފުއްގިރި ދޫކުރުމުގައި ކުރެވުނު މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑާ ކުރި ދައުވާއެކެވެ.