ގަމުން އަންހެނަކު ކޮވިޑަށް ފައްސިވެއްޖެ

މޮނިޓަރިންގެ ހާލަތުގައި އޮތް ލ.ގަމުގައި ހޯމް ކަރަންޓީނުގައި ހުރި އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަ ކޮށްފައިވާ ގޮތުގައި ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި އުމުރުން 43 އަހަރުގެ އަންހެނެކެވެ. މި މީހާ ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު ނިންމާފައި ނެގި ސާމްޕަލްއިންނެވެ.
އަދި މި މީހާއާއެކު ގުޅުން ހުރި އިތުރު ދެ މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އަދި މިހާތަނަށް ނަތީޖާ ލިބިފައި ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
ގަން މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ ގއ.ދެއްވަދޫން ގަމާ އެއްފަސްކޮށް އޮންނަ ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
މި ކްލަސްޓާ އާ ގުޅިގެން ގަމާއި ފޮނަދޫއިން ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. އެގޮތުން ގަމުން 276 ސާމްޕަލް އަދި ފޮނަދޫން 125 ސާމްޕަލް ވަނީ ނަގާފައެވެ.