ބޮލީވުޑް

ދަރިފުޅުގެ ފޮޓޯ އާންމު ނުކުރުމަށް އެދި އަނުޝްކާ އާއި ވިރާޓުގެ އެދުމެއް ޕަޕަރާޒީންނަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މީސްމީޑިއާގައި މިދުވަސްވަރު ފަތުއަޑު ކިޔާފައި ދެކެވެމުންދާ އެއް ވާހަކަ އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރްމާ އަދި އިންޑިއާގެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮލީގެ ދެމަފިރިންނަށް ދަރިއެއް ލިބުނު ވާހަކައެވެ.

Ads by Sosun Fihaara

ކޮންމެއަކަސް ވިރާޓު އާއި އަނުޝްކާ ވަނީ އެދެމަފިރިންގެ ދަރިފުޅުގެ ފޮޓޯ އާންމު ނުކުރުމަށް އެދި އިންޑިއާގެ ޕަޕަރާޒީންނަށް އަގުބޮޑު "ގިފްޓު ހެމްޕަރ" އެއް ވެސް ފޮނުވައިފައެވެ. އަދި އެ ގިފްޓު ހެމްޕަރާއެކު އެ ދެމަފިރިންގެ ފަރާތުން ކުޑަ ނޯޓެއް ވެސް ވަނީ ހިމަނާފައެވެ.

ނޯޓުގައި ބުނެފައި ވަނީ މިއަދާ ހަމައަށް ވެސް އެމީހުންގެ ފަރާތުން އެދެމަފިރިންނަށް ލިބުނު އެއްބާރުލުމާއި ހިތްވަރަށް ޝުކުރުއަދާ ކުރާ ކަމަށާއި، މިފަހަރު ދަރިފުޅުގެ ފޮޓޯތައް އާންމު ނުކުރުމުގައި އެމީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އެ ގިފްޓް ހެމްޕަރ ގައި ގިނަ އަދަދެއްގެ ޗޮކުލެޓާއި، އިންޑިއާގެ އުފެއްދުމެއް ކަމަށްވާ "މިޓާއީ" ތަކެއް ވެސް ހިމެނެއެވެ.

އަނުޝްކާ އާއި ވިރާޓުގެ އަލަތު ދަރިފުޅު މިދިޔަ ހޯމަ ދުވަހު ދުނިޔެއަށް މަރުޙަބާ ކިޔައިފައިވާއިރު، ސޯޝަލް މިޑއާގައި ދާދި ފަހަކާ ޖެހެންދެން ވެސް މި ދެމަފިރިންގެ ދަރިފުޅުގެ ފޮޓޯއެއް ކަމަށް ބުނެވޭ ކުޑަކުޑަ ކުއްޖެއްގެ ފައިތިލަ ފެންނަ ފޮޓޯއެއް ވަނީ އާންމުވެފައެވެ. އަދި އެ ފޮޓޯއިން ފެންނަ ކުއްޖާއަކީ އެއީ މި ދެމަފިރިންގެ ދަރިފުޅުގެ ފޮޓޯއެއް ނޫންކަން އަންގައި، ވިރާޓު ކޮލީގެ ބޭބެ ކަމުގައިބާ ވިކާސް ކޮލީ ވަނީ އިންސްޓަގުރާމުގައި ޕޯސްޓެއް ވެސް ކޮށްފައެވެ.

އަނުޝްކާ އާއި ވިރާޓުގެ އަލަތު ދަރިފުޅު ދުނިޔެއަށް މަރުޙަބާ ކިޔުން ވެގެން ދިޔައީ ސޯޝަލް މީޑިއާ ހިލުވާލުން ފަދަ ކަމަކަށެވެ. އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ އެދެމަފިރިންގެ ދަރިފުޅު ބަލާލުމަށެވެ. އެހެންނަމަވެސް މި ދެމަފިރިން ވެސް މިވަނީ ދަރިފުޅުގެ ފޮޓޯ އާންމު ނުކުރުމަށް އިންޑިއާގެ ޕަޕަރާޒީންގެ ފަރާތުން އެހީއަށް އެދިފައެވެ.

Ads by Allied Insurance
  1. ކުރުކުރު

    މުޅި ދުނިޔެއައް ބަޑު ދެއްކި ރޯއޮރިޔާންވެގެން އެކމު ދަރިފުޅު …….