ދުނިޔެ

ކޮވިޑް19: އިނގިރޭސިވިލާތުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އިނގެރޭސި ވިލާތުން ، ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

Ads by WAMCO

އިއްޔެ އެގައުމުން 1564 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިއާއެކު އިއްޔެ އިނގިރޭސިވިލާތުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 62322 އަށް އަރާފައެވެ.

މިހާތަނަށް އެ ގައުމުން 3.16 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސި ވެފައިވެއެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 83 ހާހަށް އަރާފައެވެ. އެހެންނަމަވެސް އެގައުމުގެ ސަރުކާރުން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވަމުން އަންނަކަން ތަފާސް ހިސާބުތަކުން ފާހަގަ ކުރެވޭ ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދާން ފެށި ނަމަވެސް އަދިވެސް ހޮސްޕިޓަލްތަކަށް ލުއި ލިބެން ދުވަސްތަކެއް ނަގާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް ހާލަތު އިތުރަށް ގޯސް ވެދާނެކަމަށް ބަލައި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

އިނގިރޭސިވިލާތަކީ އެމެރިކާ ފިޔަވައި މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އެއްގައުމެވެ. އެމެރިކާގައި މިހާތަނަށް 23.1 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި މަރުވި މީހުންގެ އަދަދު 384 ހާހަށް އަރައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!