ރައްޔިތުންނަށް ވެކްސިން ނުލިބޭތީ ކޮވިޑް-19 ވެކްސިން ޖައްސަވަން ލިބިވަޑައިގަތް ފުރުސަތު ރައީސް ބޭނުމެއް ނުކުރެއްވި
ރައީސް ސޯލިހް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދާދިފަހުން ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުގައި ކޮވިޑް-19 އަށް ވެކްސިން ޖެއްސެވުމަށް އެ ގައުމުން ރައީސް ފުރުސަތު ދެއްވުމުން އެ ފުރުސަތުގެ ބޭނުން ނުކުރައްވާ ދޫކޮށްލައްވައިފިއެވެ.
ޔޫ.އޭ.އީން ވެކްސިން ޖެއްސެވުމަށް ރައީސް ސޯލިހް ބޭނުންފުޅު ނުވީ ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ނުލިބެނީސް އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ބޭނުންފުޅު ނުވާތީ ކަމަށް “ރާއްޖެއެމްވީ”ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ވެކްސިން ދޭން ދުނިޔޭގައި ފެށި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ. ޖެނުއަރީ މަހުގެ 03 އިން 05 އަށް ރައީސް ސޯލިހް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ވަލީއަޙުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލު ކުރައްވާފައެވެ. ވަލީއަޙުދުގެ ރަސްމީ ގެކޮޅުގައި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު އޮތް މި ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެހެން ޤައުމުތަކާ ގުޅިގެން ޔޫއޭއީ އިން ކުރަމުންދާ މަސައްކަތްތައް ރައީސް ޞާލިހު ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ދެ ޤައުމުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދެ ބޭފުޅުން ވަނީ ޙިއްޞާ ކުރައްވާފައެވެ.
ތީ ބޮޑާބެ ހެދިފަ