ލުއި ޚަބަރު

މި އަންހެން މީހާ އޭނާގެ މުސްކުޅި ބައްޕައަށް އަނިޔާ ކުރީ"ކޫސަނި" ސަބަބަކާހެދި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ އަންހެނަކު އޭނާގެ މުސްކުޅި ބައްޕައަށް "ކޫސަނި" ސަބަބަކާހެދި އަނިޔާ ކޮށްފިއެވެ.

Ads by STELCO

މި އަންހެން މީހާ އަކީ ހަތަރު އަހަރު ކުރިން އޭނާގެ ފިރިމީހާގެ ކައިރިން ވަރިވެފައިވާ އަންހެނެކެވެ. އަދި އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މައިންބަފައިންގެ ގާތުގައެވެ. އޭނާގެ ބައްޕައަށް އޭނަ އަނިޔާ ކުރީ، އޭނާ އެއްދުވަހަކު ފިހާރައަކަށް ގޮސް ބޮޑު އަތްދޮންނަ ފުޅިއެއް ގަނެގެން އެ ހިފައިގެން ގެއަށް އައުމުން އޭނާގެ ބައްޕަ ސުވާލު ކުރުމުންނެވެ.

އޭނާގެ ބައްޕަ އެކަމާ ގުޅިގެން ސުވާލު ކުރުމާއެކު އޭނާ އެންމެ ފުރަތަމަ އޭނާގެ 62 އަހަރުގެ ބައްޕައާ ދިމާއަށް ހަޅޭއްލަވަން ފެށި ކަމަށާއި އޭނާގެ ބައްޕަ ހަޅޭއްނުލެވުމަށް އެދުނު ކަމުގައި ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އަޑުމަޑު ކުރުމުގެ ބަދަލުގައި އޭނާ ކައިރީގައި އޮތް ދޭފަތެއް ނެގުމަށްފަހު އޭނާގެ ބައްޕަގެ ފައިގަޔާއި އަތުގައި ތަޅަން ފެށިއެވެ. އެކަމުގެ ސަބަބުން އޭނާގެ ބައްޕައަށް ކުދި އަނިޔާތަކެއް ލިބިފައެވެ. މިކަމާ ގުޅިގެން އޭނާގެ ބައްޕަ ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހަގީގަތުގައި ރުޅި އަކީ އިންސާނާ ހަލާކު ކޮށްލާ އެއްޗެކެވެ. އޭގެ މައްޗަށް ބާރު ފޯރުވާން ނޭނގޭ ނަމައެވެ. އެހެން ނޫންނަމަ އަމިއްލަ ބައްޕައަށް އަނިޔާ ކުރާހާ ދަށުދަރަޖަ އަކަށް އެއްވެސް އިންސާނަކު ނުވެއްޓޭނެ ކަން ގައިމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!