މިނިސްޓްރީ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ރައީސް ބޭފުޅަކު ޢައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ހެލްތުގެ ނައިބަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ހ. ފޭވަރ، ޞަފިއްޔާ މުޙައްމަދު ސަޢީދުއެވެ. ޞަފިއްޔާ މުޙައްމަދު ސަޢީދު މި މަޤާމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައެވެ.
ޞަފިއްޔާ މުޙައްމަދު ސަޢީދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމްއިން މާސްޓަރ އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ޞަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީސް ހާސިލުކުރައްވާފައެވެ.