ޚަބަރު

މޭޔަރަކަށް ޑރ. މުއިއްޒު ހޮވިވަޑައިގެންފިނަމަ ރައްޔިތުންގެ މުސްތަޤުބަލަށް އުޖާލާކަން އަންނާނެ: ޑރ. ޝަހީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ ސިޓީގެ މޭޔަރަކަށް ކުރީގެ ހައުންސިންގ މިނިސްޓަރ ހޮވިވަޑައިގެންފިނަމަ މާލެ ސިޓީއާއި ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލަށް އުޖާލާކަން އަންނާނެކަމާމެދު ކުޑަވެސް ޝައްކެއް ނުކުރާކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ޝަހީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޑރ މުއިއްޒުއަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ގުނަ މަޝްރޫޢުތަކެއް ހިންގެވި ތަޖުރިބާ ހުރި ޢިލްމީ ބޭފުޅެއް ކަމުގައެވެ.

"ޑރ މުއިޒުއަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ގުނަ މަޝްރޫޢުތަކެއް ހިންގެވި ތަޖުރިބާ ހުރި ޢިލްމީ ބޭފުޅެއް. އެމަނިކުފާނު މާލެ ސިޓީގެ މޭޔަރަކަށް ހޮވިވަޑައިގެންފި ނަމަ މާލޭ ސިޓީއާއި އެ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލަށް އުޖާލާކަން އަންނާނެކަމާމެދު ކުޑަވެސް ޝައްކެއް ނުކުރަން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޢިއްޒު، މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައެވެ.

Ads by Ooredoo
  1. ހަސަން

    7 އަހަރު މިނިސްޓަަރަކަަަށްހުރެގެން ރައްޔިތުންގެ ފައިިސާާާަ އިސްރާފުކޮށް ވައްކަަންކުރީ، ދެެން އަމިއްލަގޭ ބުރިބުރިއަށްނަގާލީ، ރައްޔިތުންތިބީ ހަމަތިބިިހާާލުގައި، ދެންއިތުރަށް ރައްޔިިތުން ގުުނބޯހައްދަން ނޫޅޭ

  2. ލައިލާ

    މިނިސްޓަރުކަމުގަ ނުވިކަމެއް މޭޔަރުކަމުގަ ނުވާނެ