ކުޅިވަރު ފުޓްބޯޅަ

އޮޒިލް އާސެނަލް ދޫކޮށްލަނީ

އައިކާ ޔުނާން ، ދެން އޮންލައިން

އާސެނަލް އަށް ކުޅެމުން އަންނަ ޖަރމަނީގެ އެޓޭކިންގ މިޑްފިލްޑަރު މެސުތް އޮޒިލް އާސެނަލް ދޫކޮށްލަން ނިންމައިފިއެވެ.

Ads by STELCO

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އާސެނަލް ދޫކޮށްލައި އޮޒިލް ދާން ނިންމާފައި ވަނީ ތުރުކީގެ ފެނަބަޗޭ އަށެވެ.

އޮޒިލްގެ އޮފިޝަލުންނާއި އާސެނަލް އާއި މެދު ވާހަކަތައް ދެކެވެމުން އަންނަތާ ހަފްތާތަކެއް ވެފައިވާއިރު، އޮޒިލް ދޫކޮށްލަން އާސެނަލް އިން މިހާރު ވަނީ އެއްބަސްވެފައެވެ.

ހަފްތާ އެއްގެ މައްޗައް އޮޒިލް އަށް 350،000 ޕައުންޑު ލިބޭއިރު އޭނާ އެ ކްލަބަށް ކުޅެމުން އަންނަތާ މިހާރު 7 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.

އާސެނަލް އާއި އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން ނިމެން ކައިރިވެފައި ވާއިރު، ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮޒިލް ތުރުކީ އަށް ދަތުރު ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 35 އަަހަރުގެ އޮޒިލް ބަދަލުވާން އުޅޭ ކްލަބަކީ އޭނާ ކުޑައިރު ސަޕޯޓު ކުރި ކްލަބެވެ.  އޮޒިލްގެ  އޭޖެންޓު  ދާދި  ފަހުން  ބުނެފައި  ވަނީ  އޮޒިލް  މީގެ  ކުރިންވެސް  އެތައް  ފަހަރެއްގެ  މަތިން  ތުރުކީ  އަށް  ދާނަމަ  ކުޅޭނީ  ހަމައެކަނި  ފެނަބަޗޭ  އަށްކަން  ބުނެފައިވާ  ކަމަށެވެ.

ބެލެވޭ  ގޮތުގައި  އޮޒިލް  އޭނާގެ  ޕްރޮފެޝަނަލް  ފުޓްބޯޅަ  ކެރިއަރު  ނިންމާލާނީ ވެސް  ފެނަބަޗޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!